ads
އަނުޝްކާ ޝަރްމާ
3 އީޑިއަޓްސް އިން އަނުޝްކާ ނުފެނުނީ ކީއްވެކަން އިނގޭތަ؟
ސުޕާ ހިޓު ފިލްމު “3 އީޑިއަޓްސް” އަކީ ބޮލީވުޑްގެ ތާރީހުގައިވެސް އެންމެ ކާމިޔާބު އެއް ފިލްމެވެ. އެ ފިލްމުގައި ކަރީނާ ކަޕޫރު އާއި އާމިރު ހާންގެ ކެމިސްޓްރީ ގިނަ ބަޔަކަށް ވަނީ ކަމުގޮސްފައެވެ.
Advertisement

ނަމަވެސް ގިނަ މީހުންނަށް ނޭނގޭ ވާހަކައަކީ 3 އީޑިއަޓްސްގެ ލީޑް ރޯލް ހޯދުމަށް މިހާރު ބޮލީވުޑްގެ އެންމެ ކުރީސަފަުގައި މަސައްކަތް ކުރަމުން އަންނަ މަޝްހޫރު ބަތަލާ އަނުޝްކާ ޝަރްމާ މަސައްކަތްކުރި ވާހަކައެވެ.

ގިނަ ހިޓް ފިލްމުތަކެއް ކުޅެފައިވާ އަނުޝްކާ ބޮލީވުޑަށް ތައާރަފްވެފައިވަނީ 2008 ވަނަ އަހަރު ނެރުނު ފިލްމު “ރަބްނޭ ބަނާދީ ޖޯޑީ” އިންނެވެ. ނަމަވެސް އޭގެ ކުރިން އަނުޝްކާ ވަނީ ބޮލީވުޑަށް އަންނަން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. 

އެގޮތުން އޭނާ ވަނީ 3 އީޑިއަޓްސް އިން ކަރީނާ ކަޕޫރު ފެނިގެން ދިޔަ ރޯލް އަށް އޮޑިޝަނަށް ގޮސްފައެވެ. މިފަހުން އަނުޝްކާގެ އޮޑިޝަންގެ ވީޑިއޯ ވައިރަލްވެފަވާއިރު އެ ވީޑިއޯގައި އަނުޝްކާ ފެނިގެންދަނީ “ރާޖްކުމާރު ހިރާނީ”ގެ ފިލްމު މުންނާބާއީގެ ގްރޭސީ ސިންގެ ޑައިލޮގުތަކަށް އެކްޓު ކުރާ މަންޒަރެވެ.

އެ ވީޑިއޯގައި އަނުޝްކާގެ އެކްޓިން ވަރަށް ފުރިހަމައަށް ފެނިގެންދިޔަ ނަމަވެސް އެ ފިލްމުގެ އޮޑިޝަނުން މީހަކު ނުނަގަން ފަހުން ޕްރޮޑަކްޝަން ޓީމުން ވަނީ ނިންމާފައެވެ.  

ނަމަވެސް އޭގެ ފަހުން އަނުޝްކާއަށް ވަނީ އާމިރު ހާން އާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިފަައެވެ. އެއީ 2014 ވަނަ އަހަރު ނިކުތް ފިލްމު “ޕީކޭ” އިންނެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް