ބޮޑު ތެއްޔެއްގައި ބޭނުންކުރާ ބަޓަރުގެ ދެބައިކުޅަ އެއްބައި މެލްޓްކޮށްލާށެވެ. އެއަށްފަހު ކުކުޅުތައް ބްރައުން ކޮށްލުމަށްފަހު ނަގާށެވެ.
ދެން އަނެއްކާވެސް ބާކީ ހުރި ބަޓަރުކޮޅު އަޅާލުމަށްފަހު މަޝްރޫމް އާއި ލީކްސް އަޅާ 5 ވަރަކަށް މިނިޓް ކައްކާލާށެެވެ. އެއަށްފަހު ފުށްކޮޅު އަޅާލުމަށްފަހު، ފުށުގައިވެސް މުށި ކުލައެއް އަރަންދެން ރަނގަޅަށް ކައްކާލާށެވެ. ރަނގަޅަށް މިކްސް ކުރަން ހަނދާން ބަހައްޓަން ވާނެއެވެ. އެއަށްފަހު ކުކުޅުކޮޅާއ،ި މަސްޓަޑް، ކޮރިއަންޑާ، ލޮނު އަދި ކުކިން ކްރީމް އަޅާ ބޮކިއަރަންދެން (ބޮއިލް ވަންދެން) ކައްކާލާށެވެ.
ކުކުޅު ކޮޅު ކެކިނިމުމުން، 10 ސެންޓިމީޓަރު ވަށް ބޮޅުތަކެއް ޕޭސްޓްރީ ފުށްގަނޑު ދަމާލުމަށްފަހު ކަފާލާށެވެ. އަދި ކެއްކި ކުކުޅުކޮޅު އަޅާލާށެވެ. މަތި ބަންދުކޮށްފައިވެސް އަދި ނުކޮށްވެސް ތައްޔާރުކޮށްލެވިދާނެ އެވެ. ވީޑިއޯގައި ދެގޮތްވެސް ފެނިގެންދާނެ އެވެ.
މިހެން ހަދާ ނިމުމުން، ބިސްކޮޅެއް ޕޭސްްޓްރީ ފުށްގަނޑުގެ މަތީގައި ހާކާލާށެވެ. އޭރުން ރީތިކޮށް ފިހެވޭނެ އެވެ. މި ޕައި ފިހެލާނީ އަވަން ޕްރީހީޓް ކުރުމަށްފަހު 15 މިނިޓް ވަންދެން 180 ޑިގްރީސްގައެވެ.