ads
ރައީސް ޔާމީން އަދި ޝުޖާއު--
ކާރިސާއިން ސަލާމަތްވުމަށް ރައީސް ޔާމީންގެ ސިކުޑީގެ އެހިތެރިކަމަށް އެދެންޖެހޭ: ޝުޖާއު
ގައުމަށް ކުރިމަތިވެފައިވާ މިވާ ކާރިސާއިން ސަލާމަތްވުމަށް ރައީސް ޔާމީންގެ ސިކުޑީގެ އެހިތެރިކަމަށް އެދެންޖެހޭ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19އާއި ގުޅިގެން އިގްތިސޯދީގޮތުން ވަނީ ވަރަށް ބޮޑަށް އަޑިއަޅާލާފައެވެ. އަދި އެކަމުން ސަލާމަތްވުމަށް ސަރުކާރުގެ ފަރާތުން ދަނީ ގިނަގުނަ މަސައްކަތްތަކެއްވެސް ކުރަމުންނެވެ. 

އަނެއްކާވެސް ކޮވިޑުގެ ކޭސްތައް މަތިވެ އިގުތިސާދަށް ހީނަރުކަމެއް އަންނަމުންދާ ދަނޑިވަޅެއްގައި މާލޭ ސިޓީ ކައުންސިލުގެ ހުޅުމާލެ ދާއިރާއަށް އިންތިހާބުވެފައިވާ ޝުޖާއު ވިދާޅުވީ، ގައުމަށް ދިމާވެފައި މިވާ އިގްތިސާދީ ކާރިސާއިން ސަލާމަތް ވުމަށް އެދެންޖެހޭނީ ރައީސް ޔާމީންގެ ސިކުނޑީގެ އެހީތެރިކަމަށް ކަމަށެވެ. ޝުޖާއު ވިދާޅުވީ ފިލާވަޅު ހަދަން ނޭގުމުންވެސް މަންމަ ބުނަނީ ބޭބެ ކައިރީ އަހާށޭ ކަމަށެވެ. 

ޝުޖާއު މިހެންވިދާޅުވެފައި މިވަނީ ރޭއިރާކޮޅުގެ ވަގުތެއްގައި މާފުށީ ޖަލުގައި ހުންނެވި ކުރީގެ ރައީސް ޔާމީން ގެޔަށް ބަދަލުކޮށްފައިވާ ދަނޑިވަޅެއްގައެވެ. 

ރައީސް ޔާމީންއަކީ މީގެ ކުރިން ދުވަހަކުވެސް ރާއްޖެ ނުދެކެވޭ ވަރުގެ އިގްތިސޯދީ ބިންގާއެއް އެޅުއްވި ބޭފުޅެއް ކަމަށް އިދިކޮޅުން އަބަދުވެސް ވަކާލާތުކުރެއެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް