ads
އޮކްސިޖެން މޭން
އޮކްސިޖަން މޭން: މިސާލު ނެންގެވީ ރަސޫލާގެ ހަޔާތްޕުޅުން
އިންޑިއާގައި ކޮވިޑް-19ގެ ހާލަތު ގޯސްވެ ރިކޯޑް އަދަދަކަށް މީހުންނަށް ބަލި ޖެހުމުގެ ސަބަބުން އެގައުމުގެ ސިއްހީ ނިޒާމް ވަނީ ބޮއްސުންލާފައެވެ.

މިހާލަތުގައި އެގައުމުގެ ގިނަ ހޮސްޕިޓަލްތައް އޮކްސިޖަނަށް ޖެހިފައިވާއިރު، އެގައުމުގެ ސަރުކާރުން ދަނީ އޮކްސިޖަނަށް އެހެން ގައުމުތަކުގައި އެދެމުންނެވެ. ގިނަ ގައުމުތަކުން އެހީވަމުން އަންނައިރުވެސް އެގައުމުގައި ފަރުވާދޭންޖެހޭ މީހުންގެ އަދަދު އިންތިހާއަށް އިތުރު ވުމުންދާތީ އޮކްސިޖަންގެ ދަތިކަމަށް ބަދަލެއް ނާދެއެވެ.

ގިނަ އަދަދެއްގެ މީހުން އޮކްސިޖަން ނެތުމުގެ ސަބަބުން މަރުވެފައިވާއިރު މިހާލަތުގައިވެސް އަމިއްލަ ތަނަވަސްކަން ހުރި މިންވަރުން މީހުންނަށް އެހީވާ ރަނގަޅު ދީލަތި މީހުން އުޅެއެވެ. 

އެގޮތުން ޝާހްނަވާޒް ޝަހާލަމް ޝޭހް ނުވަތަ މަޝްހޫރު ނަމުން ނަމަ "އޮކްސިޖަން މެން" އަކީ އެހެން މީހުންނަށް މިސާލެކެވެ. މިހާތަނަށް ޝާހްނަވާޒް ވަނީ އެތައް ހާސް ބަޔަކަށް އެހީވެދީފައެވެ. 

your imageޝާހްނާޒް މީހުންނަށް އެހީތެރިވުމުގައި

މިހާރު އުމުރުން 32 އަހަރުވެފައިވާ ޝާހްނަވާޒް އަކީ އިންޑިއާގެ މުމްބާއި ސިޓީގެ ހޮސްޕިޓަލްތަކުގައި އޮކްސިޖަން ނުލިބިފައި ތިބި މީހުންގެ ފުރާނަ ސަލާާމާތްކުރުމުގައި މުހިއްމު ރޯލެއް އަދާކޮށްފައިވާ މީހެކެވެ. 

ކޮވިޑް-19ގައި ފަރުވާދޭން ޖެހޭ މީހުންގެ ތެރެއިން ހައިޕޮކްސީމިއާ ނުވަތަ ލޭގައި އޮކްސިޖަން ލެވެލް ދަށަށްދާ މީހުންގެ ފުރާނަ ސަލާމާތް ކުރުމުގެ މަސައްކަތް ޝާހްނަވާޒް ފެއްޓީ ނިމިދިޔަ 2020 ވަނަ އަހަރުގެ މޭ މަހު ތެރޭގައެވެ. އެ މަސައްކަތް އޭނާ ފެއްޓީ އޭނާގެ ރަހުމަތްތެރިއެއްގެ ދެބެއިންގެ ދެދަރި މާބަނޑު އަންހެނެއް ގަޑިއަށް ހޮސްޕިޓަލްގައި އެޑްމިޓް ނުކުރެވުމުގެ ސަބަބުން މަރުވި ހިސާބުންނެވެ.

އެހާދިސާއަށް ފަހު ޝާހްނަވާޒް ވަނީ އޭނާ މުޅި އުމުރު ދުވަހު ރައްކާކުރި ފައިސާއިން 30 އޮކްސިޖަން ސިލިންޑަރު ގަނެ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް ނިންމާފައެވެ.

ނަމަވެސް ވަކި ހިސާބަކުން ބަލި އިންތިހާއަށް ފެތުރެންފެށުމުން ޝާހްނަވާޒް އަށް 30 ސިލިންޑަރު އޮކްސިޖަން އިން ނުފުދޭ ކަމަށް ހީވިއެވެ. އެހާ ހިސާބުން އޭނާ ވަނީ އެންމެ ބޮޑު ހަރު މުދާ ކަމުގައިވާ އޭނާގެ އެސްޔޫވީ ކާރު ވެސް ވިއްކާލާފައެވެ. ކާރު ވިއްކާލައިގެން ލިބުނު ފައިސާއިން އިތުރު 170 އޮކްސިޖަން ސިލިންޑަރު އޭނާ ގަތެވެ.

މިހާރު ޖުމްލަ 200 ސިލިންޑަރާ އެކު ޝާހްނަވާޒް އާއި އޭނާގެ 20 މީހުންގެ ޓީމުން ވަނީ 6،000 ވުރެ ގިނަ މީހުންނަށް އެހީތެރިވެ އެތައް ފުރާނައެއް ސަލާމަތްކޮށް ދިނުމުގައި އެހީތެރިވެ ފައެވެ.

"މިހާރު ކޮންމެ ދުވަހަކުވެސް އަހަރުމެންނަށް އެހީއަށް އެދި އެތައް ސަތޭކަ ފޯން ކޯލެއް ލިބޭ، ބައެއް ފަހަރު އަހަރުމެންނަށް އެހީވެވޭ، ބައެއް ފަހަރު ނުވެވޭ." އޭނާ އަލްޖަޒީރާ އަށް ދިން އިންޓަވިއުއެއްގަ ކިޔާދިނެވެ.

 

ކޮވިޑްގެ ދެވަނަ ރާޅުގައި މިހާތަނަށް 600 އަށްވުރެ ގިނަ މީހުންނަށް އޮކްސިޖަން ސިލިންޑަރު ބޭނުންކޮށްގެން އޭނާ އެހީތެރިވެފައިވެ އެވެ.

your imageއޮކްސިޖެން މެން

އޮކްސިޖަން މޭންގެ ނަމުން މަޝްހޫރުވެފައިވާ ޝާހްނަވާޒް ބުނަނީ އޭނާ މިސާލު ނެންގެވީ ކީރިތި ރަސޫލާ މުހައްމަދު صلى الله عليه وسلم ގެ ދިރިއުޅުމުގެ މައްޗަށް ކަމަށެވެ. އަދި އޭނާގެ އުންމީދަކީ އޭނާގެ ސަބަބުން މުސްލިމުންނާ މެދު މުޖުތަމައުގައި މީހުން ދެކޭ ގޮތް ބަދަލު ކުރުން ކަމަށް ވެސް ޝާހްނަވާޒް ބުނެއެވެ.

" މުސްލިމުންނާމެދު އަހަރުމެން ގައުމުގެ މީހުންދެކޭ ގޮތް މިހާރު ރަނގަޅެއް ނޫން. އަހަރެން ބޭނުމީ އެމީހުން ދެކޭ ގޮތް ބަދަލު ކުރަން." ޝާހްނަވާޒް ބުނެއެވެ.

ޝާހްނަވާޒް ގޮތަށް އެތައް ބަޔަކު އިންޑިއާގައި އެއްވެސް އަގަކާ ނުލައި މުޅި އުމުރު އެއްކުރި ފައިސާ އާއި މުދަލާއި އަދި އެމީހުންގެ ފުރާނަވެސް އެހެން މީހުންނަށް އެހީތެރިވުމަށް ގުރްބާން ކުރަމުން ދެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެކަނިވެސް އިންޑިއާއިން 379،257 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަދި ބުރާސްފަތި ދުވަހަކީ އެގަައުމުގައި މިހާތަނަށް އެންމެ ގިނަ އަދަދަކަށް މީހުން މަރުވި ދުވަހެވެ. ބުރާސްފަތި ދުވަހު 3،645 މީހުން ވަނީ ބަލީގައި މަރުވެފައެވެ. އިންޑިއާގެ ހާލަތު އަދިވެސް ދަނީ އިތުރަށް ގޯސްވަމުންނެވެ.

88%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
4%
ސަތޭކައަކުން ސުމެއް
2%
ވަރަށް ސަލާމް
ކޮމެންޓްސް