ads
ފޮޓޯ--އެމްޓީސީސީ
އެމްޓީސީސީއަށް 40 އަހަރު ތެރޭ ނުލިބޭ ވަރު ބޮޑު ފައިދާއެއް މިދިޔަ އަހަރު ލިބިއްޖެ
ފާއިތުވެ ދިޔަ 40 އަހަރު ތެރޭގައި މޯލްޑިވިސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ލިބުނު އެންމެ ރަނގަޅު މާލީ ފައިދާ ލިބުނީ މިދިޔަ އަހަރު ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްޓީސީސީ އިން އާންމުކުރި 2020 ވަނަ އަހަރުގެ މާލީ ހިސާބުތަކުން ދައްކާގޮތުން ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 224.72 މިލިއަން ރުފިޔާ އެ ކުންފުންޏަށް ވަނީ ލިބިފައެވެ. މިއީ 2019 ވަނަ އަހަރުގެ މާލީ ނަތީޖާއާއި އަޅާބަލާއިރު 253 އިންސައްތަ އިތުރު އަދަދެއް ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

އެގޮތުން 2020 ވަނަ އަހަރު ޖުމްލަ 1.37 ބިލިއަން ރުފިޔާގެ ވިޔަފާރި ކޮށްގެން 224.71 މިލިއަން ރުފިޔާ، ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި އެމްޓީސީސީ އިން ވަނީ ރިކޯޑްކޮށްފައެވެ. އެއީ އެކުންފުނީގެ 40 އަހަރުގެ ދިގު ތާރީހުގައި ރެކޯޑްކުރެވިފައި އެންމެ ރަނގަޅު ނަތީޖާ ހާސިލްކުރެވުނު މާލީ އަހަރުކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ. 

އޭގެ އިތުރުންވެސް މިދިޔަ އަހަރު މާލީ ނަތީޖާއާއިއެކު ހިއްސާއަކަށް 3.00 ރުފިޔާ (ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 11.24 މިލިއަން ރުފިޔާ) ބަހަން ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށް އެމްޓީސީސީ އިން މައުލޫމާތުދެއެވެ. މިއީވެސް ކުންފުނީގެ 40 އަހަރުގެ ދިގު ތާރީހުގައި ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ކަނޑައެޅުނު އެންމެ ބޮޑު އަދަދުކަންވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް