އެ ޗެނަލަކީ 50 މީޓަރު ފުޅާ، 1.85 މީޓަރުގެ ފުން ޗެނަލެއް ކަމަށް ވާއިރުގައި ޕްރޮޖެކްޓްގެ ގިނަ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށާއި އަދި މުޅި މަސައްކަތުގެ %49 ނިމިފައިވާ ކަމަށް އެޗްޑީސީން ބުނެ އެވެ.
އެ ސަރަހައްދު ފުންކުރުމާއި، ވެލިގަނޑު ހިމާޔަތްކުރުމަށް ޝީޓް ޕައިލް ކުރުމާ، ގާ ޖެހުމުގެ މަސައްކަތްތައްވެސް ފަށައިގެން ކުރިއަށްދާ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ. އަދި އެ މަސައްކަތް، އަންނަ އަހަރުގެ ކުރީކޮޅު މުޅިން ނިންމާލެވޭނެކަމަށް އެޗްޑީސީން ބުނެ އެވެ.
އެ ޗެނަލްގެ މަސައްކަތް މުޅިން ނިމޭއިރު، ޗެނަލް ކައިރި އެއްގަމުގެ ސަރަހައްދު ތަރައްގީކުރާނީ ތިމާވެއްޓާ ރަށްޓެހި ފެހި ސަރަހައްދެއްގެ ގޮތުގައި ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.
ހުޅުމާލޭގެ ފޭސް އެކަކާ ފޭސް ދޭއް ގުޅާލާ ސަރަހައްދު ވަކިކުރުމަށް ހަދާ ޗެނަލްގެ މަސައްކަތަކީ، ރަށުގެ ލޭންޑް ސްކޭޕް ފުރިހަމަކުރުމަށް ކުރާ މަސައްކަތެކެވެ.
ދެ ފިޔަވަހި ގުޅުވައިދެނީ ކުދި ބްރިޖްތަކުން ކަމުގައި ވާއިރުިގައި ބްރިޖް ދަށުން އޮއެ ދެމޭގޮތަށް ހަދާ ޗެނަލްތައް ފަރުމާކޮށްފައިވަނީ، ހުޅުމާލޭގެ އެ ސަރަހައްދުގެ ލޭންޑް ސްކޭޕަށް އިތުރު ފުރިހަމަކަމެއް އަންނަ ފަރުމާއަކަށެވެ.