ރަންދީރްއަކީ ދުވަސްވީ ހައިރިސްކުގެ ތެރޭގައި ހިމެނޭ މީހެކެވެ. އޭނާގެ ހާލަތު ދެރަކަމުން ކޮވިޑް ޖެހުނު ތަނާވެސް އޭނާ ވަނީ ހޮސްޕިޓަލުގައި އެޑްމިޑްކޮށްފަ އެވެ.
ރަންދީރުގެ ހާލަތު އަންނަނީ ގޯސްވަމުން ކަމަށާއި އޭނާ މިހާރު ވަނީ އައިސީޔޫއަށް ބަދަލުކޮށްފައި ކަމަށް ރަންދީރު ބުނެ އެވެ. އަދި ހޮސްޕިޓަލުން އޭނާއަށް ފުރިހަމަ އަޅާލުން ދޭކަމަށް ވެސް ރަންދީރު ބުނެ އެވެ.
ރަންދީރުގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ބައެއް ތަރިންނަށް ވެސް ވަނީ ކޮވިޑް ޖެހިފަ އެވެ. އަދި މިހާރު ދަނީ އެ ބައްޔަށް ފަރުވާ ކުރަމުން ނެވެ.
އިންޑިއާއަށް ތިންވަނަ ރާޅު ބިންދާލާފައި ވާއިރު އެގައުމުގެ ހާލަތު އަންނަނީ ވަރަށް ގޯސްވަމުން ނެވެ. ގިނަ އަދަދެއްގެ ބަޔަކު ކޮންމެ ދުވަހަކު ޕޮޒިޓިވްވަމުން އަންނައިރު ރިކޯޑް އަދަދަކަށް މީހުން ވެސް އެގައުމުން ވަނީ ކޮވިޑްގައި މިހާތަނަށް މަރުވެފަ އެވެ.