ads
ޕިއާސަން-އެޑެކްސެލްގެ ނިޝާން --- ފޮޓޯ: ޕިއާސަން ކޮލިފިކޭޝަންސް
އޭ ލެވެލް ޕޭޕަރުތައް ލީކުވީ ދިވެހިރާއްޖެއަކުން ނޫން: މިނިސްޓްރީ އޮފް އެޑިއުކޭޝަން
ރާއްޖޭގައި ކުރިއަށް ގެންދަމުންދާ އެޑެކްސެލް އިންޓަނޭޝަނަލް އޭ ލެވެލް އިމްތިހާނުގެ ސުވާލު ކަރުދާސްތަކުގެ ތެރެއިން ލީކުވެފައިވާ ފިޒިކްސް ކަރުދާސް 1 ލީކުވެފައިވަނީ ދިވެހިރާއްޖޭގެ އެއްވެސް ސެންޓަރަކުން ނޫންކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން (އެމްއޯއީ) ބުނެފިއެވެ.

އަދި އެމްއޯއީއިން ބުނެފައިވާ ގޮތުގައި އޭ ލެވެލް އިމްތިހާނު ކަރުދާސްތައް ހުރީ ރައްކާތެރިކަމާއެކު ބެލެހެއްޓިފައި ކަމަށާއި، ރައްކާތެރިކަމަށްޓަކައި އެޅިފައިހުރި ފިޔަވަޅުތައް ހަމަޖެހިފައިހުރި އުސޫލުތަކާ އެއްގޮތަށް އިމްތިހާނު ގެ ކަންކަން ކުރިއަށް އެބަ ގެންދަވާ ކަމަށްވެސް އެމްއޯއީއިން ބުނެއެވެ.

އެހެން ނަމަވެސް، ކޮންމެވެސް ގައުމަކުން އޭލެވެލް އިމްތިހާނު ކަރުދާހެއް ލީކްވެގެން އުޅޭ ހަބަރު ލިބިފައިވާ ކަމަށް އެމްއޯއީއިން ބުނެފައިވެއެވެ. އަދި މިވާހަކަތަކާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުންދާ ކަމުގައިވެސް އެމްއޯއީ އިން ބުނެފައިވެއެވެ.

އޭޕްރިލް 26 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތަކުން ފެށިގެން ޑިސްކޯޑް ސާވާއެއްގައި އޭލެވެލް އިމްތިހާނުގެ ބައެއް ކަރުދާސްތައް ލީކުވެފައިވާ ކަމަށް އޭލެވެލް ދަރިވަރުންތަކެއް އިއްޔެގެ ވަގުތެއްގައި ސީއެންއެމްއަށް ވަނީ ރިޕޯޓް ކޮށްފައެވެ.

އަދި މިއަދުގެ ވަގުތެއްގައި، ކަރުދާސްތައް ލީކުކޮށްލީ ޕާކިސްތާނުގެ ފަރާތަކުން ކަމަށް ސީއެންއެމްއަށް ދަރިވަރުންތަކެއް ވަނީ މައުލޫމާތު ދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް