ads
އެޑިއުކޭޝަން މިނިސްޓަރު--
ވަކި ގޮތެއް އަންގަންދެން އޭލެވެލް އިމްތިހާނުތައް ތާވަލާ އެއްގޮތަށް ކުރިއަށްދާނެ: އެމްއޯއީ
ވަކި ގޮތެއް އަންގަންދެން މިހާރުގެ ތާވަލާ އެއްގޮތަށް އޭލެވެލް އިމްތިހާނު ކުރިއަށް ދާނެ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފިއެވެ.

މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އޭ ލެވެލް އިމްތިތާނުގެ ބައެއް ޕޭޕަރުތައް ލީކުވެފައި ވާތީ އެޑެކްސެލް އިން މިހާރު އެމައްސަލަ ބަލަމުންދާ ކަމަށެވެ. 

އަދި މިކަމާ ގުޅިގެން އެހެން ގޮތަކަށް އަމަލު ކުރަން އެޑެކްސެލް އިން އަންގަންދެން މިހާރު ތާވަލު ކުރެވިފައިވާ ގޮތަށް ރާއްޖޭގައި އޭލެވެލް އިމްތިހާނުތައް ކުރިއަށް ދާނެ ކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.

އަދި ސުވާލު ކަރުދާސްތައް ރައްކާތެރިކޮސް ބެލެހެއްޓުމާ، ކަރުދާސްތައް ރައްކާތެރިކޮށް ބެހެއްޓުމަށް އެޅިފައިވާ ފިޔަވަޅުތައް ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ރާއްޖޭގެ ސްކޫލު ތަކުގައި ކުރިއަށްދާ ކަމަށާ އޭލެވެލް އިމްތިހާނުގެ އެއްވެސް ޕޭޕަރެއް ރާއްޖެއިން ލީކުވެފައި ނުވާ ކަމަށްވެސް އެމްއޯއީން ބުންޏެވެ. 

އެހެން ނަމަވެސް، ކޮންމެވެސް ގައުމަކުން އޭލެވެލް އިމްތިހާނު ކަރުދާހެއް ލީކްވެގެން އުޅޭ ހަބަރު ލިބިފައިވާ ކަމަށް އެމްއޯއީއިން ބުނެފައިވެއެވެ. އަދި މިވާހަކަތަކާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުންދާ ކަމަށްވެސް އެމްއޯއީ އިން ބުނެފައިވެއެވެ.

އަދި މިއަދުގެ ވަގުތެއްގައި، ކަރުދާސްތައް ލީކުކޮށްލީ ޕާކިސްތާނުގެ ފަރާތަކުން ކަމަށް ސީއެންއެމްއަށް ދަރިވަރުންތަކެއް ވަނީ މައުލޫމާތު ދީފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް