ads
ބީޓީއެސް---
ބީޓީއެސް ގެ "ބަޓާ" އަންނަ މަހުގެ 21 ގައި ރިލީޒް ކުރަނީ
މުޅި ދުނިޔޭގައިވެސް މިހާރު އެންމެ މަޝްހޫރު އެއް ކޭޕޮޕް ގްރޫޕް ކަމުގައިވާ ބީޓީއެސް ގެ އާ ސިންގަލް ލަވަ "ބަޓާ" އަންނަ މޭ މަހުގެ 21 ވަނަ ދުވަހު ރިލީޒްކުރާނެކަން ހާމަކޮށްފިއެވެ.

މިއީ "ޑައިނަމައިޓް" އަށް ފަހު ބީޓީއެސް އިން ރިލީޒް ކުރާ ދެވަނަ އިނގިރޭސި ލަވަ އެވެ. ބީޓީއެސް އިން ރިލީޒް ކުރި ފުރަތަމަ އިނގިރޭސި ލަވަ ވެސް ވަނީ ބިލްބޯޑްގެ ހޮޓް 100 ގެ އެއްވަނަ އަށް އަރާފައެވެ.

އެގޮތުން ބީޓީއެސް ގެ ފޭނުން މިހާރު މަސައްކަތް ކުރަނީ ޑައިނަމައިޓްގެ ރިކޯޑު މުގުރާލައި، "ބަޓާ" އެއަށްވުރެވެސް ކާމިޔާބު ލަވަޔަކަށް ހެދުމަށެވެ. 

ބިގް ހިޓް މިއުޒިކް ކޮމްޕެނީ އިން ބުނީ ބަޓާ މި ލަވަޔަކީ ބީޓީއެސްގެ ހިތްގައިމު އަދި ބަލައިލަން ފަސޭހަ ނެށުމާއި ހުނަރު ފެނިގެންދާނެ ލަވައެއް ކަމަށެވެ. އަދި އެ ކުންފުނިން މިހާރު ވަނީ "ބަޓާ" ގެ ޓްރެއިލާވެސް ރިލީޒްކޮށްފައެވެ. ޓްރެއިލާއިން ހަމައެކަނި ފެންނަނީ ހިތެއްގެ ބައްޓަމަށް އޮތް ބަޓާރ ގަނޑެއް މެލްޓްވާ މަންޒަރެވެ.

ބީޓީއެސް އިން އަންނަނީ ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ. އެގޮތުން ބީޓީއެސް އަކީ މުޅި ސައުތް ކޮރެޔާ ގެ ފަހުރު ކަމަށްވެސް އެ ގައުމުގެ ރައީސް ވަނީ ވިދާޅުވެފައެވެ.

ގްރޭމީ އެވޯޑްސް އަށް ނޮމިނޭޓްވި ފުރަތަމަ ކޭޕޮޕް ގްރޫޕަކީވެސް ބީޓީއެސް އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް