އެގޮތުން ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރް ވަނީ އޭނާގެ ދަރިފުޅު ތައިމުރަށް ވެކްސިންގެ މުހިންމުކަން ޓޮމް އެންޑް ޖެރީއިން ދައްކުވާދީފަ އެވެ.
ޓޮމް އެންޑް ޖެރީގެ ވީޑިއޯ ހިއްސާ ކުރަމުން ކަރީނާ ބުނެފައި ވަނީ ކުޑަކުދިންނަށް ވެސް މާހައުލުގައި ހިނގަމުން އަންނަ ކަންތަށް އިނގޭކަމަށެވެ. އަދި އެކުދިން ވެސް އެކަމާ ބިރުގަންނަ ކަމަށެވެ.
އެހެންކަމުން އެ ކުދިންނަށް ވިސްނޭގޮތަށް މިހާރު ގައުމުގައި ވަމުންދާ ކަންތައް ކިޔާދިނުން މުހިންމުކަމަށް ކަރީނާ ބުނެ އެވެ.
އިންޑިއާގެ ކޮވިޑްގެ ހާލަތު ގޯހުން ގޯހަށް ގޮސްފައިވާއިރުގައި ކަރީނާގެ ބައްޕަ ރަންދީރް ކަޕޫރަށްވެސް ކޮވިޑް ޖެހިގެން ދަނީ އައިސީޔޫގައި ފަރުވާދެމުން ނެެވެ.