އެގޮތުން ޝާހިދު ވަނީ ބޮލީވުޑްގެ މަޝްހޫރު 11 ބަތަލާއިންނާއި ރައްޓެހިވެފަ އެވެ. ކަރީނާއިން ފެށިގެން ބިޕާޝާ ބާސޫފަދަ މަޝްހޫރުތަރިންނާ ޝާހިދު ރަށްޓެހިވި އެވެ. ނަމަވެސް އެ ގުޅުންތައް ދުވަސްކޮޅެއްނުވެ ވަނީ ނިމުމަކަށް އައިސްފަ އެވެ.
ޝާހިދު ބުނި ގޮތުގައި އޭނާގެ ކުރީގެ ލޯބީގެ އެއްވެސް ގުޅުމަކުން ހަގީގީ ލޯބި އިހުސާސް ނުކުރެވުނު ކަމަށެވެ. އެހެންކަމުން އޭނާ ކޮންމެ މީހަކާވެސް ރުޅިވަނީ ކަމަށް ޝާހިދު ބުނެ އެވެ.
ނަމަވެސް ޝާހިދު ހިތުގެ ރާނީ މީރާ އޭނާގެ ދިރިއުޅުމަށް އައުމުން ތަފާތު އިހްސާސްތަކެއް ކުރެވުނު ކަމަށާއި ހީވީ ހަގީގީ ލޯބި އޭނާއަށް ލިބުނު ކަމަށް ޝާހިދު ބުނެވެ.
ޝާހިދު އާއި މިރާގެ ކައިވެންޏައް ގިނަ ދުވަސްތަކެއް ވެފައި ވާއިރުގައި އެ ދެމީހުނަށް ވަނީ ލޯބި ލޯބި ދެ ކުދިން ވެސް ލިބިފަ އެވެ.