އެގޮތުން ރޯދަމަހާ ދިމާކޮށްވެސް އަތޮޅުތެރޭގައި ތަފާތު ހާއްސަ އެކި ކަންތަށް ކޮށް އުޅެ އެވެ. ލ. އަތޮޅު މާބައިދޫގައިވެސް ކުރީ ޒަމާނުގައި ތަފާތު ހާއްސަ ކަމެއް ރޯދަ މަހުގައި ކޮށްއުޅެ އެވެ.
އެގޮތުން އެރަށު މީހަކު ސީއެންއެމް އަށް ކިޔާދިން ގޮތުގައި ރޯދަމަހުގެ ފަހު ދުވަސްތަކުގައި ރަށުގައި ތަރާވީސް ނަމާދުކޮށް ނިންމާލުމަށް ފަހުގައި ގޭގެއަށް ގޮށި އެއްލަށް ދިއުން އޮންނަ ކަމަށެވެ.
އެ ގޮށްޑަކީ ފަނުން ވިޔެފައި އޮންނަ އެއްޗެށް ކަމަށާއި އޭގައި ވާގަނޑެއް ޖެހުމަށް ފަހުގައި ކޮންމެ ގެއެއްގެ ތެރެއަށް ވެސް އެއްލަނީ ކަމަށް އޭނާ ކިޔާދިނެވެ. އަދި އޭތި އެއްލުމަށް ފަހުގައި ގޭގެ ދޮރުގައި ޓަކި ޖެހުމަށް ފަހުގައި ވާގަޑުގައި ހިފައިގެން ފިލާ އިންނަނީ ކަމަށް ބުނި އެވެ.
އެ ގޮށި އެއްލި ގޭގައި ދިރިއުޅޭ މީހުން އެއަށް ހަދިޔާ ނުވަތަ ލާރި އަޅާކަމަށް އޭނާ ކިޔާދިނެވެ. އަދި އެއަށް ފަހުގައި އެ ގޮށި ދަމާ ގަޔާކައިރިއަށް ގެނެސް ހަދިޔާތަށް ކޮތަޅަކަށް އެޅުމަށް ފަހުގައި އެހެން ގެއަކަށް ގޮށި އެއްލުމަށް ދަނީ ކަމަށް ބުނި އެވެ.
އެރަށުގެ ކުރީގައި ގޮށި އެއްލުމަކީ ވަރަށް ފޯރީގައި ކުރާކަމެއް ކަމަށާއި ކޮންމެ ގެއަކުން ވެސް ހަދިޔާ ލިބޭ ކަމަށް އޭނާ ކިޔާދިނެވެ.
މީގެ އިތުރުން ރަށުގައި ރޯދަ ކުރުކުރުމަށްޓަކައި ތާސްކުޅުމާއި އޮށްވަޅު ގޮޑި ކުޅޭ ކަމަށް ވެސް ކިޔާދި ނެވެ.
އޭނާ ބުނި ގޮތުގައި މިއީ 1900 ގެ ކުރީކޮޅުގައި ރަށުގައި ކޮށްއުޅުނު ހަރަކާތްތަކެވެ. މިހާރު އެކަލަ އެއްވެސް ކަމެއް ރަށުގައި ނުކުރާ ކަމަށް އޭނާ ކިޔާދިނެވެ.