ads
މަލައިކާ
މަލައިކާގެ ކުރީގެ ފިރިމީހާއަކީ ކާކުކަން އެނގޭތަ؟
މަޝްހޫރު ބޮލީވުޑް އެކްޓްރެސް އަދި ފިޓްނެސް މޮޑެލް މަލައިކާ އަރޯރާ އަރުޖުން ކަޕޫރްއާ ރައްޓެހިވެގެން އުޅޭކަން އެއީ ގިނަ ބަޔަކަށް އެނގޭ ކަމެކެވެ.

ނަމަވެސް މަލައިކާ އަރުޖުންއާ ރަށްޓެހިވުމުގެ ކުރިން އޭނާ ވަނީ ކައިވެންޏެއް ކޮށް އެ ގުޅުން ނާކާމިޔާބު ވެފަ އެވެ.

މަލައިކާ ގެ ކުރީގެ ފިރިމީހާއަކީ ކުރީގެ ބޮލީވުޑްގެ މަޝްހޫރު ސްޓާ އަރްބާޒް ހާން އެވެ. އެ ދެމީހުން 1998 ގައި ކައިވެނި ކުރި އެވެ. ލޯބިން އެކީގައި އުޅުމުގެ ފޮނި ހުވަފެންތައް ބަލަމުން ނެވެ.

ނަމަވެސް ކައިވެންޏަށް 18 އަހަރުވެ ދަރިއެއް ލިބިފައި ވަނިކޮށް މަންޒަރު ބަދަލު ވެގެން ދިޔަ އެވެ. މަލައިކާ އަދި އަރްބާޒް އެމީހުންގެ ގުޅުމަށް ނިމުމެއް ގެނަ އެވެ. ދެމީހުން ވަރިވި އެވެ. ކައިވެނީގެ އެ ގުޅުން ނިންމާލީ ކީއްވެގެންތީ އޭގެން އެކަކުވެސް ހާމައެއް ނުކުރެ އެވެ.

އަރްބާޒް އަދި މަލައިކާގެ ކައިވެންޏަށް އެމީހުންނަށް ލިބިފައި ވަނީ 17 އަހަރުގެ އަރްހާން ހާން އެވެ. ދެމީހުންގެ ގުޅުން ނިމުނެއްކަމަކު އަރްހާނަށް މައިންބަފައިންގެ ލޯބި ލިބުމުގައި އެއްވެސް އުނިކަމެއް ފާހަގަވެފައި ނުވާ ކަމަށް މަލައިކާ ބުނެ އެވެ.

މަލައިކާ މިހާރު އުޅެނީ ބޮލީވުޑްގެ ޒުވާން އެކްޓަރެއް ކަމަށްވާ އަރުޖުން ކަޕޫރްއާ ރަށްޓެހިވެގެން ނެވެ. އަދި އެމީހުން ވަރަށް އަވަހަށް ކައިވެނި ކުރަން އުޅޭ ކަމުގެ އަޑުއަށް ވަނީ ގަދަވެފަ އެވެ.

13%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް