ads
ފޮޓޯ--
ދީޕިކާގެ ކުރިން ރަންވީރު އަނުޝްކާއާ ރައްޓެހިވި
ދީޕިކާ އަދި ރަންވީރު ޖޯޑަކީ ގިނަ ބަޔަކު މިސާލު ނަގާ ދެމަފިރިން ނެވެ. އެ ދެމީހުން ލޯބީގެ ގޮތުން ގުޅުމުގެ ކުރިން ރަންވީރު ވަނީ ބޮލީވުޑްގެ ދަންނަ އެތަށް މޫނަކާ ރައްޓެހިވެފަ އެވެ.
Advertisement

އެގޮތުން ފާހަގަކޮށްލެވޭ އެކަކީ އަނުޝްކާ ޝަރްމާ އެވެ. އަނުޝްކާ އާއި ރަންވީރު ދިމާވީ ފިލްމެއްގެ ޝޫޓިންގެ ތެރެއިން ނެވެ. ދެ އެކްޓަރުން ވެސް އޭރު ހުސްކޮށް ހުރުމުން އެކަކު އަނެކަކަށް އިޝްގީ އިހްސާސްތަށް އުފެދެމުން ދިޔަ އެވެ.

އަދި އެ ފިލްމުގެ ޝޫޓިން ނިންމާލުމަށް ފަހުގައި ރަންވީރު އަނުޝްކާ ކައިރީގައި ރައްޓެހިވުމަށް އެހި ކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައި ވެއެވެ. އެ ހުށަހެޅުން އަނުޝްކާ ގަބޫލުކުރުމުން އެކުގައި ދެމީހުންގެ ގުޅުން ފެށިގެން ދިޔަ އެވެ.

ނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވެ މައްސަލަ ޖެހެން ފެށި އެވެ. ދުރުގައި ދެމީހުން އުޅެން ޖެހުމާއި އެކަކު އަނެކަކަށް ވަގުތު ނުދެވުމުގެ ސަބަބުން އެންމެފަހަށް އެ ދެމީހުން ރީތި ގޮތުގައި އެގުޅުން ނިންމާލީ ކަމަށް ވެއެވެ.

އަނުޝްކާ އަދި ރަންވީރުވެސް މިހާރު އުޅެނީ އުފާވެރި ޒަވާޖީ ހަޔާތެއް ތަފާތު ބައިވެރިންނާ އެކުގައި ފަށައިގެން ނެވެ. އަދި އަނުޝްކާއަށް ވަނީ މިއަހަރުގައި ދަރިއަކުވެސް ލިބިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް