ads
ކޮވިޑް
ރަސްދޫ އާއި ކޮޅުފުށިވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފި
އއ. ރަސްދޫ އާއި މ. ކޮޅުފުށި ވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފިކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަނުން ބުނެފިއެވެ.
Advertisement

ރަސްދޫ މޮނިޓަރިންއަށް ލާފައިވަނީ ކޮވިޑްގެ އަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދެއްކި ފަސް މީހެއްގެ ސާމްޕަލް ޕޮޒިޓިވްވުމާ ގުޅިގެން ކަމަށް ރަސްދޫ ކައުންސިލްގެ ނައިބު ރައީސް ހުސައިން ޝިމާއު ވިދާޅުވިއެވެ. 

އަދި މި ފަސް މީހުން ޕޮޒިޓިވްވުމާ ގުޅިގެން ރަށް މޮނިޓަރިންއަށް ލާފައިވާއިރު، މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ޝިމާއު ވިދާޅުވިއެވެ. އެގޮތުން ކޮންޓެކްޓްވީ މީހުންގެ ތެރެއިން މިހާރު 50 ސާމްޕަލް ނަގާފައިވާނެ ކަމަށާއި، އެމީހުންގެ ނަތީޖާތައް އަދި ނުލިބޭ ކަމަށްވެސް ޝިމާއު ވިދާޅުވިއެވެ. 

ހަމައެހެންމެ ޕޮޒިޓިވްވީ މީހުން މިހާރު ތިބީ ހޯމް ކަރަންޓީނުގައި ކަމަށާއި، ކޮންޓެކްޓް ވެފައިވާ މީހުން ގޭގައި ކަރަންޓީނު ވުމަށް މިހާރު އަންގާފައިވާނެ ކަމަށްވެސް ޝީމާއު ވިދާޅުވިއެވެ. 

އަދި ޕޮޒިޓިވްވި މީހުންގެ ހާލު މޮނިޓާ ކުރަމުންދާ ކަމަށާއި، އެމީހުންގެ ހާލަތު ރަނގަޅު ކަމަށްވެސް ޝިމާއު ވިދާޅުވިއެވެ. 

މ ކޮޅުފުށި ވެސް މޮނިޓަރިންއަށް ލާފައިވާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ވަނީ ބުނެފައެވެ. ނަމަވެސް މިކަން އަންގައިދޭ ރަސްމީ ލިޔުމެއް ފޮނުވާފައި ނުވާ ކަމަށާއި، އެކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށް ކޮޅުފުށީ ކައުންސިލްގެ ރައީސް ހުސައިން ޝާމިލް ސީއެންއެމްއަށް ވިދާޅުވެފައިވެއެވެ. ޝާމިލް ވިދާޅުވި ގޮތުގައި އެރަށުން މީހަކު ޕޮޒިޓިވްވި ކަމެއް ނުވަތަ ޕޮޒިޓިވް ވެފައިވާ މީހަކާ ކޮންޓެކްޓްވި ކަމެއްވެސް އެނގިފައެއް ނުވެއެވެ.

މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވާ ރަށްރަށުގެ އަދަދު ވަނީ 23 އަށް އަރާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް