ބޭނުންވާ ތަކެތި:
ހަދާނެ ގޮތް:
ފުރަތަމަ ކެރެޓު، ކެބެޖު، ކެޕްސިކަމް، ބީޓްރޫޓް، ފިޔާ، އަދި ގިތެޔޮ މިރުސް ތުނިކޮށް ކޮށާލާށެވެ. ޓޮމާޓޯ ފަޅާލާފައި އޮށްކޮޅު ނެގުމަށްފަހު ގޮޅިކޮށް ކޮށާލާށެވެ. ވަޅޯމަސްވެސް ކުދިކޮށް ކޮށާލާށެވެ. ލޮނުމެދު ކުދިކޮށް ތުނިކޮށް ކޮށާލާށެވެ.
ތެޔޮކޮޅު ތެއްޔަކަށް އަޅާ ހޫނު ކުރުމަށްފަހު އެއަށް ފިޔާ، ހިކަނދިފަތް، ގިތެޔޮ މިރުސް އަދި އަސޭމިރުސް އަޅާފައި ފިޔާކޮޅު މަޑުވެ އެއަށް ރަން މުށި ކުލަ އަރަން ފަށަންދެން ކައްކާށެވެ. ދެން ލޮނުމެދުކޮޅު ތެއްޔަށް އަޅާފައި އެއަށްވެސް ރަންކުލަ އަރަން ފަށަންދެން ކައްކާލާށެވެ.
ދެން ވަޅޯމަސް، ކެރެޓު، ކެބެޖު، ބީޓްރޫޓް އަދި ލޮނު ތެއްޔަށް އަޅާ އެއްކޮށްލާފައި ތެލީގެ މަތި ޖަހާށެވެ. ދެން މަޑު ގިނީގައި ފަސް ވަރަކަށް މިނިޓު ކައްކާލާށެވެ.
ޓޮމާޓޯ ޕޭސްޓް ތެއްޔަށް އަޅާފައި ރަނގަޅަށް އެއްކޮށްލާފައި އަނެއްކާވެސް ތެލީގެ މަތި ޖަހައިގެން މަޑު ގިނީގައި ތިން މިނެޓު ކައްކާލާށެވެ.
އެޔަށްފަހު ބަތްކޮޅު ތެއްޔަށް އަޅާ އެއްކޮށްލާފައި އަދި އެއް މިނިޓު ކައްކާލުމުން އެ ނިމުނީއެވެ.