ads
ކޯލްޑް ކޮކޯ——ފޮޓޯ: ސީއެންއެމް
ސީއެންއެމް ބަދިގެ: ކޯލްޑް ކޮކޯ
ސީއެންއެމް ބަދިގޭގައި މިއަދު ބުއިމަކަށް މި ކިޔާދެނީ “ކޯލްޑް ކޮކޯ” މި ބުއިން ތައްޔާރުކޮށްލާނެ ގޮތެވެ.

ބޭނުންވާތަކެތި:

  • 1 ޕެކެޓު މިލްކު
  • ޑާކް ޗޮކްލެޓް
  • ކޯންް ފްލާ
  • ކޮކޯ
  • އައިސްކިޔުބްސް

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ އެއް ޕެކެޓު މިލްކު ތެއްޔެއްގައި ކައްކާލާށެވެ. 

ކެކެމުންދާއިރު، ކޮކޯ މިކްސް ރެޑީކޮށްލުމުން ފަސޭހަވާނެއެވެ. ކޮކޯމިކްސް ހެދުމަށް ކުޑަތައްޓަކަށް ކިރުކޮޅަކާއި ކޯން ފްލާ އަދި ކޮކޯޕައުޑަރު އަޅާ މިކްސްކޮށްލާށެވެ. ގަނޑުގަނޑަށް ނުހުންނަ ވަރަށް މިކްސްކޮށްލަން ވާނެއެވެ. ދެން އޭރު އުދި ކިރު ތެލި ރަނގަޅަށް ކެކި އޮލަވާން ފެށުމުން މި ކޮކޯ މިކްސް އަޅާލާފައި ޑާކް ޗޮކްލެޓު ކުދިކުދިކޮށް ކޮށާލުމަށްފަހު އަޅާލާށެވެ. 

ދެން މިހުތިހާ ތަކެތި ރަނގަޅުވަރަކަށް އޮލަވަންދެން ނުހުއްޓާ ހަލުވާށެވެ. އެެއްކޮށް ކެކި އޮލަވުމުން ރަނގަޅު ވަރެއްގެ ޗޮކްލެޓު ކުލަގަނޑެއްް އަރާނެއެވެ. އޭރުން އުދުން މަތިން ބޭލުމަށްފަހު ފުރާނާލާށެވެ. އަދި ހިހޫވަންދެން ބަހައްޓާލާށެވެ. 

ރަނގަޅަށް ހިހޫވުމުން މިކްސަރުގައި ކުޑަ ވަގުތުކޮޅަކަށް ގިރާލާށެވެ. ދެން ބިއްލޫރިތައްޓަކަށް އައިސްކިޔުބްސް އެޅުމަށްފަހު މިކްސް ކުރި އެތިކޮޅު އަޅާލާފައި ސާވް ކޮށްލާށެވެ.

ކޯލްޑް ކޮކޯ ޑްރިންކު ސާވްކުރުމުގެ ކުރިން ބޭނުންވާނަމަ ރީތިކޮށް ގާނިޝްކޮށްލުމަށް ޗޮކްލެޓް ސިރަޕް ބޭނުންކޮށްލެވިދާނެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް