ads
ރައީސް މުހައްމަދު، ދަލިޓް ކެމެރާގެ އިވެންޓެއްގައި ---
އިސްލާމްދީން ގަބޫލު ކުރީ ހިންދުއިޒަމް ދޫކޮށް
ރަވިޗަންދްރަން ބަތްރަން، މިހާރުގެ ނަމުންނަމަ ރައީސް މުހައްމަދަކީ ދަލިތް ކެމެރާގެ ނަމުގައި ޔޫޓިއުބް ޗެނަލެއް ހިންގަމުން އަންނަ މީހެކެވެ. އިންޑިއާއަށް ނިސްބަތްވާ ރައީސް އިސްލާމްކަން ގަބޫލު ކުރީ މިދިޔަ އަހަރުއެވެ.
Advertisement

އުފަންވީއްސުރެ ހިންދޫއިޒަމް ގަބޫލު ކުރި ރައީސް އިސްލާމް ދީން ގަބޫލު ކުރީ، އޭނާގެ ޔޫޓިއުބް ޗެނަލް ދަލިޓް ކެމެރާ ހިންގުމުގައި ހޭދަކުރި ދުވަސްތަކުގައި ދިމާވި ކަންކަމަށް ވިސްނުމަށްފަހު ކަމަށް އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ރައީސް ބުނެފައިވެއެވެ.

އެގޮތުން އެންމެ ފުރަތަމަ، 2014 ގައި އޭނާ މި ޔޫޓިއުބް ޗެނަލް އުފެއްދީ، އިންޑިއާގައި ކުރިއަށްގެންދާ ދަލިޓް މޫވްމަންޓަށް އިތުރު އަޑެއް ދިނުމުގެ ގޮތުންނެވެ. އެއީ "މެއިންސްޓްރީމް މީޑިއާ" އިން އެމީހުންގެ ކަންކަން އާންމުންނާ ހަމައަށް ގެނެސްނުދޭ ކަމަށް ބުނެއެވެ. 

ދަލިޓް މޫވްމަންޓަކީ، ހިންދޫއިންގެ މެދުގައި އުފައްދާފައިވާ "ކާސްޓް ސިސްޓަމް" ނައްތާލާ، އެންމެންގެ މެދުގައި ހަމަހަމަކަން ގާއިމު ކުރުމަށް ގޮވާލާ ހާއްސަ މޫވްމަންޓެކެވެ. އެގޮތުން މި މޫވްމަންޓުގެ ދަށުން ރައީސް މި ޔޫޓިއުބް ޗެނަލް އުފެއްދީ، ދަލިޓް މޫވްމަންޓާއި އިދިކޮޅު ދަރިވަރުންތަކެއް، އޭނާ ކޮލެޖުގައި އުޅުން އިރު އޭނާއަށް ދިން ހަމަލާއަކާއި ގުޅިގެންނެވެ. 

އިންޑިއާގައި ހިންދޫއިންގެ މެދުގައި އޮންނަ "ކާސްޓް ސިސްޓަމް" ނައްތާލުމަށް އަށް އަހަރު ރައީސް މަސައްކަތް ކުރީ ދަލިޓް ކެމެރާގެ އެހީގައެވެ. އޭގެ މާކުރިން ފެށިގެން އޭނާއައީ މިކަމާ ގުޅިގެން ދިރާސާ ކުރަމުންނެވެ. އެގޮތުން 14 އަހަރުގެ ދިރާސާއަށްފަހު އޭނާއަށް ދަސްވި އެއްޗަކީ، ހިންދުއިޒަމްގެ "ކާސްޓް ސިސްޓަމް" އާއި ދެކޮޅަށް މަސައްކަތް ކުރެވެން އޮތް ހަމައެކަނި ގޮތަކީ އެ ދީން ދޫކޮށްލުން ކަމަށް ރައީސް ކިޔައިދިނެވެ. 

ރައީސް ކިޔައިދިން ގޮތުގައި، ދަލިޓް ބުދިސްޓު މޫވްމަންޓުގެ ލީޑަރު ބާބާސާހެބް އަމްބެދްކަރްގެ ލަފައަކީވެސް މިއެވެ. އަދި އޭނާ އަމަލު ކުރީވެސް މިގޮތަށެވެ. އެގޮތުން އެކި ދީންތައް ދިރާސާ ކުރުމަށްފަހު، އިސްލާމްދީން ގަބޫލު ކުރަން ނިންމީ، އިންޑިއާގައި އޮތް "ކާސްޓް ސިސްޓަމް" ހުއްޓުމަކަށް ގެނެވޭނީ އިސްލާމްދީނުން ކަމަށް ވާތީ ކަމަށް ގަބޫލު ކުރެވޭތީ ކަމަށް ރައީސް ކިޔައިދިނެވެ. 

ހިންދުއިޒަމް ދޫކޮށް، ރައީސް އިސްލާމް ދީން ގަބޫލު ކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު 30 ގައެވެ. އިސްލާމްދީން ގަބޫލު ކުރުމަށްފަހުވެސް އޭނާ އަންނަނީ އޭނާގެ މަސައްކަތް ކުރިއަށް ގެންދަމުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް