ads
ބިކްރަމްޖީތް ކަންވަރްޕަލް ---
އެކްޓާ ބިކްރަމްޖީތް ކޮވިޑު ބަލީގައި މަރުވެއްޖެ
ބޮލީވުޑްގެ ގިނަ ފިލްމުތަކާއި އެކި ވެބް ސީރީޒްތަކުގައިވެސް މަސައްކަތް ކުރި އެކްޓަރު ބިކްރަމްޖީތް ކަންވަރްޕަލް، ކޮވިޑް ބަލީގައި މަރުވެއްޖެއެވެ.

އިންޑިއާގެ ހަބަރުތަކުން ބުނާ ގޮތުގައި، 52 އަހަރުގައި ބިކްރަމްޖީތް މަރުވެފައިވަނީ، ކޮވިޑް-19 އަށް ފަރުވާ ކުރަމުން އަންނަނިކޮށެވެ. 

ބޮލީވުޑްގެ އެކި ތަރިން އަންނަނީ ބިކްރަމްޖީތް މަރުވުމުން އެކަމުގެ ހިތާމަ ފާޅުކޮށް، އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ.

ބޮލީވުޑް އެކްޓަރެއްގެ އިތުރުން، ބަލްޖީތަކީ އިންޑިއާގެ ރިޓަޔާޑް އާމީ އޮފިސަރެކެވެ. އޭނާ ރިޓަޔާވި އިރު، އޭނާ އަކީ މޭޖާގެ ރޭންކުގައި ހުރި އޮފިސަރެކެވެ. 

އޭނާ 2003 ވަނަ އަހަރު ބޮލީވުޑަށް ނިކުތީ، އިންޑިއަން އާމީ އިން ރިޓަޔާ ވުމަށްފަހު އެވެ. އެގޮތުން އޭނާ ވަނީ ޓޫ ސްޓޭޓްސް، މާޑާ، ޕޭޖް ތްރީ އަދި ދަ ގާޒީ އެޓޭކް ފަދަ ފިލްމުތަކުގެ ސަޕޯޓިިންގް ރޯލުތަކުން ފެނިފައެވެ. 

މީގެ އިތުރުން ދިވެހިންތެރޭވެސް މަގުބޫލު އިންޑިއާގެ ޑްރާމާ ސީރިއަލް، ދިޔާ އޮރް ބާތީ ހަމް، ޔޭހޭ ޗާހަތޭން އަދި ދިލް ހީ ތޯ ހޭ ފަދަ ޝޯތަކުގެ މުހިއްމު ރޯލުތަކުން ބިކްރަމްޖީތް ފެނިގެން ގޮސްފައިވެއެވެ. އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ޑިޒްނީ ޕްލަސް ހޮޓްސްޓާގެ ވެބް ސީރީޒް، ސްޕެޝަލް އޮޕްސް އިންނެވެ. 

11%
ކަމުގޮސްފި
56%
އަޑުއެހިތާ މިހުރީ
22%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް