ads
އިސްކަންދަރު ސްކޫލުގައި ބެހެއްޓިފައިވާ ކެންދޫގެ ވޯޓުފޮށި
ދެވަނަ ބުރު ބާއްވާ ކެންދޫ ވޯޓުފޮށްޓަށް ވޯޓުލާނެ މީހަކު ނެތް
ވޯޓު އެއްވަރުވެގެން ދެވަނަ ބުރު ބާއްވާ ބ. ކެންދޫ ވޯޓުފޮށްޓަށް ވޯޓުލާން ބަޔަކުނެތިގެން ވޯޓުލުން އަދިވެސް ނުފެށޭކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.

މިމަހު 10 ގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް ހާއްސަ ކޮމިޓީގެ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން 12 ރަށެއްގައި މިއަދު ހެނދުނު 09:00 އިން ފެށިގެން 16:00އަށް ކުރިއަށް ދާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ. ލޯކަލް ކައުންސިލް އިންތިހާބު ދެ ދެވަނަ ބުރެއް ހަ ރަށެއްގައި އަދި އަންހެނުންގެ ތަރައްގީ ކޮމިޓީގެ ދެވަނަ ބުރެއް ހަ ރަށެއްގައި ބާއްވަން ޖެހެއެވެ. 

އެހެންނަމަވެސް ބ، ކެންދޫގެ އަންހެނުންގެ ތަރައްގީއަށް ހާއްސަ ކޮމިޓީގެ އިންތިހާބުގެ ވޯޓުލަން ހާއްސަކޮށްފައިވާ އިސްކަންދަރު ސްކޫލަށް އަދި މިހާތަނަށް އެއްވެސް މީހަކު ވޯޓުލާން އައިސްފާ ނުވާކަމަށް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވިއެވެ. 

ސީއެންއެމްއަަށް މައުލޫމާތު ދެއްވަމުން އިލެކްޝަން ކޮމިޝަނުން ބުނީ އެ ވޯޓު ފޮށީގެ ވޯޓުލުންވެސް ފެށިފައި ނުވާކަމަށެވެ. އިންތިހާބުތަކުގެ ވޯޓުލުމަށް ހާއްސަކުރެވިފައިވާ ވޯޓުފޮށިތައް ހުޅުވާނީ ވޯޓުލާން އަންނަ  ދެމީހެއްގެ ކުރިމަތީގައެވެ. އެހެންނަަމަވެސް މިހާތަނަށް އެއްވެސް މީހަކު އެ ސަރަހައްދަށް ވޯޓުލުމަށް ގޮސްފައިނުވާތީ ވޯޓުލުމަށް ވޯޓުފޮށި ކެނޑިފައެއްވެސް ނުވެއެވެ. އެ ވޯޓު ފޮށްޓައް ވޯޓުލުމަށް ރަޖިސްޓްރީވެފައިވަނީ 192 މީހުންނެވެ.

ކެންދޫަގައި ދެވަނަ ބުރެއް ބާއްވަންޖެހެނީ އަންހެނުންގެ ތަރައްގީއަށް ހާއްސަ ކޮމިޓީގެ އިންތިހާބުގެ ވޯޓުލުމެވެ. މި ކޮމެޓީގެ ދެވަނަ ބުރެއް ބާއްވަން ނިންމާފައިވާ ރަށްރަށަކީ ހއ. އުލިގަން، ށ. މަގޫދޫ، ރ. މާކުރަތު، ބ.ކެންދޫ، ވ. ފިލިދޫ އަދި ލ. ކަޅައިދޫގައެވެ. 

މި ހަ ރަށުގައިވެސް އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ނިންމާފައިވަނީ، ދެ ކެނޑިޑޭޓެއްގެ ވޯޓު އެއްވަރު ވުމާއި ގުޅިގެންނެވެ.

14%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
71%
ވަރަށް ސަލާމް
ކޮމެންޓްސް