ads
ބޭންކް އޮފް މޯލްޑިވްސް ---
މިއަހަރުގެ ފުރަތަމަ ކުއާޓާރުގައި ބީއެމްއެލް އަށް 375 މިލިއަންގެ ސާފު ފައިދާއެއް
މިއަހަރުގެ ފުރަތަމަ ކުއާޓާރުގައި ޓެސްކްއަށް ކެންޑުމަށްފަހު ބީއެމްއެލް އަށް 375 މިލިއަންގެ ސާފު ފައިދާއެއް ލިބިފައިވާ ކަމަށް ބީއެމްއެލް އިން ބުނެފި އެވެ.

އެ ކުންފުނިން އާންމު ކުރި އެކުންފުނީގެ 2021ގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުގައިވާ ގޮތުން، ޓެކްސް އަށް ފަހު އެކުންފުންޏަށް ލިބިފައިވާ 375 މިލިއަން ރުފިޔާގެ ފައިދާ އަކީ 2020 އާއި އަޅާ ކިޔާއިރު 23 އިންސައްތަ އިތުރު އަދަދެކެވެ.

ބީއެމްއެލްއަށް މި ކާމިޔާބު ހާސިލު ކުރެވިފައިވަނީ ކޮވިޑް 19ގެ ބަލިމަޑުކަމާއި ގުޅިގެން އެ ކުންފުނީގެ މައިގަނޑު ވިޔަފާރިތަކަށް ކޮށްފައިވާ ނޭދެވޭ އަސަރާ ގުޅިގެން ލިބުނު ގެއްލުމުން އަރައިގަތިމުގައި ރަނގަޅު ކުރިއެރުމެއް ލިބިފައިވާތީ ކަމަށް ބީއެމްއެލް އިން ބުނެއެވެ. 

މީގެ އިތުރުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ބީއެމްއެލް އަށް ހިންގުމުގެ ފައިދާގެ ގޮތުގައި 537 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާ ކިޔާއިރު 25 އިންސައްތަ އިތުރު އަދަދެކެވެ. 

އެގޮތުން އެ ކުންފުންޏަށް މި ކުރިއެރުމަށް ވާސިލް ވެވުނީ، ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ލިބުނު ކުރިއެރުމާ ގުޅިގެން ކަމަށް ބީއެމްއެލް އިން ބުނެއެވެ.އ ަދި ބޭންކުގެ ރައުސްމާލާއި ލިކުއިޑީޓީ ވަނީ ގާނޫނުން ލާޒިމުކުރާ ވަރަށް ވުރެ މަތީގައި ހިފަހެއްޓިފައިކަމަށް ބީއެމްއެލް އިން ފާހަގަ ކުރެއެވެ.

ފުރަތަމަ ކުއާޓަރުގައި ބީއެމްއެލް ގެ ވިގުއަ ފުޅާކުރުމަށާއި މުޖުތަމައަށް އެހީތެރިވުމަށް މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެކުންފުނިން ބުނެއެވެ. 

އެގޮތުން ބީއެމްއެލް އިން ކ. ގުރައިދޫ އަދި މ. މުލީގައި އަލަށް ސެލްފް ސާވިސް ބޭންކިންގް ގެ ހިދުމަތް ފަށާފައިވާ ކަމަށާއި، މި ކުއާޓާރުގައި މުޖުތަމައަށް ފޯރުކޮށްދޭ އެހީގެ ދަށުން، މާލީ ގޮތުން އެހީތެރިވުމަށް ފަސް ކޮމިއުނިޓީ ފަންޑު ޕްރޮޖެކްޓެއް ހޮވާފައި ވާކަމަށް ބީއެމްއެލް އިން ބުނެއެވެ. 

މީގެ އިތުރުން އޮޅުވާލައިގެން ފައިސާ ހޯދުމުގެ އަމަލުތަކުން އާންމުން ހޭލުންތެރިކަން އިތުރުކުރުވައި އެކަމުން ރައްކާތެރިކުރުމުގެ ގޮތުން ބޭންކުން ވަނީ 'ސަމާލުވޭ' ގެ ނަމުގައި އާ ކެމްޕޭނެއް މި ކުއާޓާރުގައި ކުރިއަށް ގެސްގޮސްފައި ކަމަށް ބީއެމްއެލް އިން ބުނެއެވެ. 

ބީއެމްއެލް އިން އަންނަނީ ރާއްޖެ ހިމެނޭ ބޭންކިންގް ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 71 ސެލްފް ސާވިސް ބޭންކިންގް ސެންޓަރު، 132 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގް ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެމުންނެވެ. އެ ކުންފުނީގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެކުންފުނިން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް