ads
ޔީޒީ ޕްރޮޓޯޓައިޕް 1 --- ފޮޓޯ: އެންއެމްއީ
ކާންޔޭގެ ބޫޓު ރިކޯޑް އަގަކަށް ވިއްކާލައިފި
މަޝްހޫރު ހޮލީވުޑް ލަވަކުއުންތެރިޔާ އަދި މިހާރު ވިޔަފާރިވެރިޔާ، ކާންޔެ ވެސްޓުގެ ޔީޒީ ބޫޓު ނީލަމުގައި 1.8 މިލިއަން ޑޮލަރަށް ވިއްކާލައިފިއެވެ.

ވިއްކާލި ބޫޓު ދެކިބައަކީ 2008 ވަނަ އަހަރުގެ ގްރޭމީ އެވޯޑްސްގައި ލަވަ ހުށަހެޅި ވަގުތު ވެސްޓް އަރައިގެން ހުރި ބޫޫޓެވެ. އެ ބޫޓަކީ އާންމުންގެ ބޮޑު ސަމާލުކަމެއް އަޅައިގަނެފައިވާ ބޫޓެކެވެ. އެއީ ނައިކީ އެއާ ޔީޒީ 1 ޕްރޮޓޯޓައިޕް މޮޑެލްގެ ބޫޓެކެވެ.

މިބޫޓުދެކިބަ ގަނެފައިވަނީ އެކި ޒާތް ޒާތުގެ މަދުން ސްޓޮކް ހުންނަ ބޫޓުތައް އެއްކުރާ ކުންފުންޏެއް ކަމަށްވާ ރެއާޒް އެވެ. ރެއާޒް އަކީ ކުރީގެ އެމެރިކަން ފުޓްބޯލް ކުޅުންތެރިޔާ ޖެރޯމް ސެޕް ގެ ކުންފުޏެކެވެ. 

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ނައިކީ އެއާ ޔީޒީ 1 ޕްރޮޓޯޓައިޕްއަށް އެންމެ އަގުބޮޑުކޮށް ވިކުނު ދެބޫޓުކިބައިގެ ރިކޯޑު ލިބުމުގެ ކުރިން، މި ޝަަރަފް ލިބިފައިވަނީ މެއި 2020 ގައި 560،000 ޑޮލަރަށް ވިކުނު މަޝްހޫރު ބާސްކެޓްބޯޅަ ކުޅުންތެރިޔާ މައިކަލް ޖޯޑަން 1985 ވަނަ އަހަރު ކުޅުނު މެޗެއްގައި އަރައި އުޅުނު އަދި އޭނާ ސޮއިކޮށްފައިވާ ނައިކީ އެއާ ޖޯޑަންސް ބޫޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް