ސީއެންއެމްއަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ( އޭއީއެޒް ) މައުލޫމާތު ދިންގޮތުގައި އައްޑޫ މޮނިޓަރިންގަށް ލާފައިވަނީ ރަށުގައި މީހަކު ޕޮޒިޓިވް ވުމާ ގުޅިގެންނެވެ.
މީގެ އިތުރުން ޕޮޒިޓިވް ވި މީހާއަކީ ގިނަ އަަދަދެއްގެ މީހުނާއި ކޮންޓެކްޓްވެފައިވާ މީހެއްކަމަށް އޭއީއެޗްއިން މައުލޫމާތު ދެއެވެ.
ކޮންޓެކްޓް ޓްރޭސިންގް ގެ މަސައްކަތް ކުރިއަށް ގެންދާހިނދަކު އައްޑޫ އޮންނާނީ މޮނިޓަރިން ހާލަތުގައިކަމަށް އޭއީއެޗްއިން މައުލޫމާތު ދެއެވެ.
އޭއީއެޗް އިން މައުލޫމާތު ދިން ގޮތުގައި މިވަގުތު ހިތަދޫގައި 3 ކޮވިޑަށް ޕޮޒިޓިވް ވުމުން ކަރަންޓީނުކުރެވިފައިވާކަމަށެވެ.