ads
ދަރިވަރުންތަކެއް އިމްތިހާނު ހޯލެއްގައި--
އޯލެވެލް އައި.ޖީ.ސީ.އެސް.އީ އިމްތިހާނު މާދަމާ ފަށަނީ
ކެމްބްރިޖްގެ އޯލެވެލް އައި.ޖީ.ސީ.އެސް.އީ އިމްތިހާނު މާދަމާ ރާއްޖޭގައި ފަށާނެއެވެ.

މާދަމާގެ އިމްތިހާނުގައި ބައިވެރިވާ ހުރިހާ ދަރިވަރުންނަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ ވަނީ ހެޔޮ އެދުންތަކާއި ތަހުނިޔާ ފޮނުއްވާފައެވެ.

ކުދިންނަށް ހިތްވަރު ދެއްވައި މިނިސްޓަރުގެ ހިއްސާކުރެއްވި ޓްވީޓްގައި ވަނީ ތަކުރާރުކޮށް އިރުޝާދުތަކާއި ސުވާލުތައް ކިޔުމަށް އެދިވަޑައިގެންފައެވެ. އަދި ފަސޭހަ ސުވާލުތަކަށް ފުރަތަމަ ޖަވާބު ދިނުމަށާއި އެނގޭ މިންވަރެއް އެނގޭގޮތަކަށް ލިޔުމަށް މިނިސްޓަރު ވަނީ ދަރިވަރުންނަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މިއަހަރު އޯލެވެލް އިމްތިހާނުގައި ރާއްޖޭގެ 1529 ކުދިން ބައިވެރިވާނެއެވެ.

އޯލެވެލް އިމްތިހާނު މާދަމާ ފެށިގެން ދާއިރު މިމަހުގެ 26 އިން ފެށިގެން އޯލެވެލް އިމްތިހާނުވެސް ރާއްޖޭގައި ދަނީ ކުރިއަށެވެ.

އަދި ދިރާސީ އަހަރުގެ ކިޔެވުން ފެށުން އޮގަސްޓް މަހަށް ބަދަލުކުރުމާއެކު ދެން އޯލެވެލް އަދި އޭލެވެލް އިމްތިހާނު އޮންނާނީ މެއި/ ޖޫންގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިއަހަރުގެ މާޗްމަހުގައި ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް