ads
ރޯދަ ރަށުންރަށަށް: އުނގޫފާރުގަ ހަވީރު ގުޑި އެރުވުން
ރޯދަމަހު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަފާތު އެކި ހަރަކާތްތައް ހިންގަ އެވެ. އެކި ހާއްސަ ކުޅިވަރުތައް ކުޅުމުގެ އިތުރުން، ތަފާތު އެކި ކާބޯތަކެތި ވެސް ހަދަ އެވެ.

އެގޮތުން ސީއެންއެމް އަށް މައުލޫމާތު ދެމުން ރ.އުނގޫފާރުގެ ކައުންސިލްގެ ރައީސް އަބްދުއްނާސިރު އަލީ ވަނީ އެރަށުގައި 1960 ގެ އަހުގައި ކުރާ ބައެއް ކަންތަކުގެ ވާހަކަ ކިޔާދީފަ އެވެ.

ނާސިރު ވިދާޅުވީ އެރަށުގައި ރޯދަމަހުގައި ވަރަށް ފޯރީގައި ގުޑި އަރުވާ ކަމަށެވެ. އަދި މިހާރު ވެސް ރަށުގައި ވައި ޖެހޭ ދުވަސްތަކުގައި ބައެއް ކުދިން ގުޑި އަރުވަންދާ ކަމަށް ނާސިރު ފާހަގަކުރެއްވި އެވެ.

ނާސިރު ވިދާޅުވީ ކޮވިޑްއާ ގުޅިގެން ކުރިން ރޯދަމަސް ފާހަގަކުރާ ގޮތަށް ނުކުރެވޭ ކަމަށެވެ. ނަމަވެސް އޭނާ ކުޑައިރުގައި ރަށުގައި ވަރަށް ގިނަ ކަންތަށް ކުރާކަމަށް ނާސިރު ވިދާޅުވި އެވެ.

ރަށުގައި ހަވީރު ގަޑީގައި ނުވަތަ ދިޔަވަރު ހިކި ގަޑީގައި ކަނދު ބަނދެގެން ޒުވާން ކުދިން ފަރުމަށްޗަށް ކަދު ދުއްވަންދާކަމަށް ނާސިރު ވިދާޅުވި އެވެ.

އޭގެ އިތުރުން ރަށުގައި ހަވީރު ގަޑީގައި މަންޑި ކުޅުން ވެސް އޭރުގައި އޮންނަ ކަމަށާއި އެއާދަ މިހާރުވެސް އޮންނަ ކަމަށް ނާސިރު ވިދާޅުވި އެވެ.

ނާސިރު ވިދާޅުވީ ރަށުގައި ކުރީ ޒަމާނުގައި ގޭތެރެ ޒީނަތްތެރިކުރުމަށް ވެލިލާ ކަންތައް ކުރާކަމަށެވެ. އަދި ރޯދަ ވިއްލަން ވެސް ވަރަށް ގިނަ ބާވަތްތަކުގެ ހެދިކާ ހަދާކަމަށް ނާސިރު ވިދާޅުވި އެވެ.

ނާސިރު ވިދާޅުވީ ރަށުގައި މިހާރުވެސް ބައެއް ފަރާތްތަކުން ރައްޔިތުންނަށް ރޯދަ ވިއްލުންދޭ ކަމަށެވެ. ނަމަވެސް އެވޭލާ ޒަމާނުގައި ރަށުގައި ކުރާ ކަންތައް މިހާރު ނުކުރާކަން އޭނާ ފާހަގަކޮށްލި އެވެ.

25%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް