ads
މޯލްޑިވިއަން--
މޯލްޑިވިއަން އިން ޑާކާއަށް ކުރަމުންދިޔަ ސީދާ ދަތުރުތައް އަނެއްކާވެސް ފަށަނީ
ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަށް ކުރަމުންދިޔަ ސީދާ ދަތުރުތަށް މި މަހުގެ 5 ވަނަ ދުވަހު ފެށުމަށް ތައްޔާރުވެއްޖެއެެވެ.

މޯލްޑިވިއަން އިން ޑާކާ އަށް ކުރާ ދަތުރުތައް މިދިޔަ މަހުގެ 14 ވަނަ ދުވަހުން ފެށިގެން ހުއްޓާލާފައިވަނީ ބަންގުލަދޭޝް އިން އެގައުމަށް ކުރާ ހުރިހާ އިންޓަނޭޝަނަލް ފްލައިޓުތައް ވަގުތީގޮތުން ހުއްޓާލުމާ ގުޅިގެންނެވެ. 

މޯލްޑިވިއަނުން މިއަދު ކުރި ޓުވީޓެއްގައި ބުނީ މި މަހުގެ 5 ވަނަ ދުވަހު އެ އެއާލައިނުން ޑާކާ އަށް ކުރަމުންއައި ސީދާ ދަތުރުތަށް އަލުން ފަށާނެ ކަމަށެވެ. އެގޮތުން ހަފްތާއަކު 3 ފްލައިޓު ޑާކާ އަށް ދަތުރުކުރާނެ ކަމަށްވެސް މޯލްޑިއަން އިން މައުލޫމާތުދެއެވެ.

ބަންގްލަދޭޝް އިން އިންޓަނޭޝަނަލް ފްލައިޓުތައް މިދިޔަ މަހުގެ ތެރޭގައި ހުއްޓާލާފައިވަނީ އެގައުމުގައި ކޮވިޑް ކޭސްތައް ގިނަވުމުގެ ސަބަބުން ސަލާމަތީ ފިޔަވަޅެއްގެ ގޮތުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް