ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ހިންދީ ފިލްމު 'ޖަބް ތަކް ހޭ ޖާން' ރިލީޒްކޮށްފައިވަނީ 2012 ވަނަ އަހަރުއެވެ. އެ ފިލްމުގެ ސީން އެއްގައި އަނުޝްކާ ލީ ކަޅު ކުލައިގެ ލެދާ ޖެކެޓް އީބޭގައި ނީލަމަށް ލީ ކީއްވެކަން އެނގިއްޖެ ނަމަ ގިނަ ބައެއްގެ ތައުރީފު އަނުޝްކާއަށް ލިބިގެންދާނެކަން ޔަގީނެވެ.
އަނުޝްކާ އޭނާގެ ޖެކެޓު 2014 ވަނަ އަހަރު އީބޭގައި ނީލަމަށް ލައި ވިއްކާލާފައިވަނީ ކަޝްމީރުގައި ފެންބޮޑުވެ ހާލުގައި ޖެހުނު މީހުންނަށް އެހީވުމުގެ ގޮތުންނެވެ. އޭނާ ވަނީ ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުންތަކުންތަކުން އަރައިގަތުމަށްވެސް ފަންޑު ދީ އެހީތެރިވެފައެވެ.