ކުޅިބަލަން ތިބި އިންޓަމިލާނަށް ލީގު ޗެމްޕިއަންކަން ލިބުނު އިރު ރޭ އެ ޓީމުވަނީ ކްރޮޓޯނޭ އަތުން ދެ ލަނޑުން މޮޅުވެފައެވެ. އަދި މިރޭ އެޓަލާންޓާ ކުޅުނު މެޗު އެ ޓީމު މޮޅު ނުވުމުގެ މާނައަކީ ބާކީ އޮތް ހަތަރު މެޗު ކާމިޔާބުކޮށްގެންވެސް އިންޓަރ މިލާނާ އެއްވަރަށް ޕޮއިންޓް ނުލިބުމެވެ. އިންޓަރ މިލާނަށް ލީގު ކަށަވަރުވަރީ ތިރީސް ހަތަރު މެޗުން އަށްޑިހަ ދެ ޕޮއިންޓާ އެކުއެވެ. ދެވަނައިގަ އޮތް އެޓަލަންޓާއަށް ތިރީސް ހަތަރު މެޗުން ލިބިފައިވަނީ ފަސްދޮޅަށް ނުވަ ޕޮއިންޓެވެ. އަދި ތިވަނައިގަ އޮތް އޭސީ މިލާނަށްވެސް ލިބިފައިވަނީ ފަސްދޮޅަށް ނުވަ ޕޮއިންޓެވެ. ބާކީ އޮތް ހަތަރު މެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް އިންޓަރ މިލާނާ އެއްވަރަށް ޕޮއިންޓެއް އެއިން ޓީމަކަށް ނުހޯދޭނެއެވެ.
އެގާރަ އަހަރަށް ފަހު އިންޓަރއަށް ލީގު ޗެމްޕިއަންކަން ލިބުނު އިރު އެ އެގާރަ އަހަރުގެ ތެރެއިން އެންމެ ފަހު ނުވަ އަހަރު ލީގު ޗެމްޕިއަންކަން ހޯދާފައިވަނީ ޔުވެންޓަސްއިންނެވެ. މިއީ އިންޓަރމިލާނުން އިޓާލިއަން ލީގު ކާމިޔާބު ކުރި ނަވާރަވަނަ ފަހަރެވެ.