ads
ޔުނައިޓެޑުގެ ސަޕޯޓަރުން އޯލްޑް ޓްރެފަޑުގައި
ޔުނައިޓެޑު ސަޕޯޓަރުން މުޒާހަރާކޮށް މެޗަށް ހުރަސް އަޅައިފި
މެންޗެސްޓަރ ޔުނައިޓެޑްގެ ވެރިންނާ ދެކޮޅަށް އެ ކްލަބްގެ ސަޕޯޓަރުން މުޒާހަރާކޮށް، އާދިއްތަ ދުވަހު ކުޅެން އޮތް މެޗަށް ހުރަސް އަޅައިފިއެވެ. އާދިއްތަ ދުވަހު އޯލްޑް ޓްރެފަޑުގައި ކުޅެން އޮތީ ޔުނައިޓެޑާ ލިވަޕޫލް ކުޅޭ ލީގު މެޗެވެ.

އާދިއްތަ ދުވަހުގެ މެޗު ފަށަން ކަނޑައަޅާފައި އޮތް ވަގުތަށްވުރެ އެތައް އިރެއް ކުރިން ޔުނައިޓެޑުގެ ސަޕޯޓަރުން އައީ ދަނޑުގައި އެ ކްލަބުގެ ވެރިންނާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ. އެންމެ ފަހުން މުޒާހަރާ ކޮންޓްރޯލުން ނައްޓައި ސަޕޯޓަރުން ދަނޑަށް އަރައި މެޗު ފެށޭ ގޮތް ނުވީއެވެ. ޔުނައިޓެޑުން އާދިއްތަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މެޗު ފަސްކޮށްފައިވާ ކަމަށާއި ދެން މެޗު ކުޅޭނެ ދުވަހެއް ފަހުން ކަނޑައަޅާނެ ކަމަށެވެ.

އާދިއްތަ ދުވަހުގެ ރޭ ކުޅެން އޮތް ލިވަޕޫލް- ޔުނައިޓެޑު މެޗުން ޔުނައިޓެޑު ބަލިވިނަމަ ކުޅި ބަލަން ތިބި މެންޗެސްޓަރ ސިޓީއަށް ލީގު ލިބޭނެއެވެ. އެހެންނަމަވެސް ލީގު ކަށަވަރުވާނެ މެޗު އަނެއްކާވެސް މި ފަސްވީއެވެ.

މެންޗެސްޓަރ ޔުނައިޓެޑުގެ ސަޕޯޓަރުން އެ ކްލަބުގެ ވެރިންނާ ދެކޮޅަށް މުޒާހަރާ ކުރަމުން އައީ ޔޫރަޕުގެ ބޮޑެތި ކްލަބުތަކުން އެކުވެގެން މި ފަހަކުން ފަށަން މަސައްކަތް ކުރި ސުޕަރ ލީގު ކަންތަކާ ގުޅިގެންނެވެ. އެހެންނަމަވެސް ޔުނައިޓެޑުންވަނީ ސުޕަރ ލިގުން ވަކިވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް