ads
ދަރިވަރުންތަކެއް އިމްތިހާނު ހޯލެއްގައި--
ރާއްޖޭގެ ހުށަހެޅުމަކީ ލީކުވި ޕޭޕަރުތައް އަލުން ހެދުން
ލީކުވި އޭ ލެވެލްގެ ޕޭޕަރުތަކާ މެދު ރާއްޖޭގެ ހުށަހެޅުމަކީ ދަރިވަރުންނަށް އަލުން އިމްތިހާނު ދިނުން ކަމަށް ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) ބުނެފި އެވެ.

އޭލެވެލް ބައޮލޮޖީ އަދި ފިޒިކްސް ޕޭޕަރުތައް ލީކުވެގެން އުޅޭ ކަމުގެ ހަބަރާއެކު މިނިސްޓްރީން ވަނީ ޕޭޕަރުތައް ލީކުވެގެން އުޅެނީ އެހެން ގައުމަކުން ކަމަށް ބުނެފައެވެ.

ޑީޕީއީ ހިންގުމާ ހަވާލުވެގެން ހުންނެވި މުހައްމަދު އިހުސާން ރާއްޖެ ޓީވީ ގެ "ފަލަ ސުރުޙީ" ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އޭލެވެލް ޕޭޕަރުތައް ލީކުވީ ކަމަށް ބުނާ މައްސަލައިގައި އެޑެކްސެލް އާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. 

އެގޮތުން މިހާރު ލީކުވެފައިވާ ޕޭޕަރުތަކާމެދު އަމަލުކުރާނެ ގޮތަކާ ބެހޭގޮތުން މާ ލަސްތަކެއްނުވެ ގޮތެއް ނިމިގެންދާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

އެޑެކްސެލް އިން އަދި އެކަމާ ބެހޭގޮތުން ގޮތެއް ނުނިންމި ކަމުގައިވީ ނަމަވެސް ރާއްޖޭގެ ފަރާތުން އެކަމުގައި "މައިގަނޑު ހުށަހެޅުމަކީ ދަރިވަރުންނަށް އަލުން އިމްތިހާނު ދެވޭކަހަލަ ގޮތެއް ވުން." ކަމަށް އިހުސާން ވިދާޅުވިއެވެ.

އިހްސާން އިތުރަށް ވިދާޅުވީ މީގެ ފަހުން ޕޭޕަރުލީކުވުންފަދަ ކަމެއް ދިމާ ނުވާނެ ކަމުގެ ޔަގީންކަން އެޑެކްސްއެލް އިން ދީފައިވާ ކަމަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް