ads
ހިރިޔާ ސްކޫލްގެ ދަރިވަރުން
އޭލެވެލް ކެމިސްޓްރީ ޕޭޕަރު ވެސް ލީކް ވެއްޖެ
މިހާރު ކުރިއަށްދާ އޭލެވެލް އިމްތިހާނުގެ ކެމިސްޓްރީ ޕޭޕަރު ވެސް ލީކް ވެއްޖެ އެވެ.

މިއަދު 1:30 ގައި ރާއްޖޭގެ ދަރިވަރުން ހަދާ ކެމިސްޓްރީ ޕޭޕަރ މިއަދު ހެނދުނުގެ ވަގުތެއްގައި ލީކްކޮށްލާަފައިވާއިރު އެކި ޕްލެޓްފޯމްތަކުގައި އެ ޕޭޕަރު ދަނީ މިހާރު ދައުރުވަމުންނެެވެ. 

މިއަދު ލީކްވި ކެމިސްޓްރީ ޕޭޕަރާއިއެކު މިހާތަނަށް މިފަހަރުގެ އެޑެކްސެލް އޭލެވެލް އިމްތިހާނުގެ ޖުމްލަ 3 ޕޭޕަރެއް ވަނީ ލީކްވެފައެވެ. އެއީ ބައެލޮޖީ ޕޭޕަރާއި ފިސިކްސް ޕޭޕަރުގެ އިތުރުން މިއަދު ލީކްވި ކެމިސްޓްރީ ޕޭޕަރު އެވެ. 

މިއަދުގެ ކެމިސްޓްރީ ޕޭޕަރު ލީކްކޮށްލާފައި މިވަނީ އިތުރު ޕޭޕަރެއް ލީކްނުވާނެ ކަމުގެ ޔަގީންކަން އެޑެކްސެލްއިން އިއްޔެ ދީފައިވަނިކޮށެވެ. 

ދަރިވަރުންނާއި ބެލެވެރިންގެ ކަންބޮޑުވުން އިންތިހާއަށް އޮތް މި މައްސަލާގައި އަދި ވަކިގޮތަަކަށް އަމަލު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައެއް ނުވެއެވެ. އިމްތިހާނު ތަވާލާއެއްގޮތަށް ކުރިއަށް ގެންދާއިރު އެޑިއުކޭޝަނުން ވިދާޅުވީ މައްސަލާގައި ފަހުގެ ނިންމުން ނިންމާނީ އެޑެކްސެލް އިން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް