އެ އިމާރާތް ކައިރީގައި މުޒާހަރާ ކުރަމުންދަނީ ވަރަށް މަދު އަދަދެއްގެ ބެލެނިވެރިންނެވެ. އެ މީހުން އެދެމުންދަނީ ލީކްވެފައިވާ ޕޭޕަރުގެ މައްސަލާގައި އިމްތިހާނު ފަސްކޮށް ދިނުމަށެވެ.
މީގެ ކުޑައިރުކޮޅެއްގެކުރިން މަދު ބަޔަކާއެކު ފެށި މުޒާހަރާގެ ބައިވެރިން ވަނީ އެޑިޔުކޭޝަން މިނިސްޓްރީއާއެކު ވާހަކަ ދައްކައިގެން ހައްލެއް ލިބޭތޯ ބަލާފަ ކަމަށް ވެ އެވެ.
ރާއްޖެއިން ބޭރުގައި ކެމިސްޓްރީ އާއި ފިޒިކްސް ޕޭޕަރު ލީކްވުމާ ގުޅިގެން ރާއްޖޭގެ ބައެއް ބެލެނިވެރިންވަނީ އިމްތިހާނު ފަސްކުރުމަށް ގޮވާލާފަ އެވެ.
ވަރަށް މަދު ބަޔަކާއެކު ހިތްހަމަުޖެހުންފާޅުކުރަމުންދިޔަ ނަމަވެސް އެ މީހުން ތިބީ ހިމޭންކަމާއެކު އެވެ. ތަފާތު ވާހަކަތައް ލިޔެފައިވާ ކަރުދާސްތަކެއް ހިފައިގެން ތިބި ނަމަވެސް އަޑު ގަދަކުރުން ފަދަ ކަމެއް އެ މީހުން ނުކުރެވެ.