ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމާއި ގުޅޭ ގޮތުން ޑީޖޭއޭޭ އިން ނެރުނު އިއުލާނުގައި ބުނެފައިވަނީ 11 މެއި ވާ ބުދަ ދުވަހުގެ ހަވީރު 5.30 އިން ފެށިގެން އެ ޑިޕާޓްމަންޓާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ސިޓީ ކައުންސިލް އިދާރާތަކާއި އަތޮޅު ކައުންސިލް އިދާރާތައް އަދި ރަށު ކައުންސިލް އިދާރާތައް ހަނދުގެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ހުޅުވާފައި ހުންނާނެ ކަމަށެވެ.
ފަލަކީ ހިސާބުތައް ދައްކާ ގޮތުން ދިވެހި ރާއްޖެއަށް މިފަހަރުގެ ރަމަޟާން މަހުގެ 29 ވަނަ ދުވަހު ހަނދު ފެނުމުގެ ފުރުސަތު ކުޑަ އެވެ. މިހެން ކަމުން ޝައްވާލް މަހުގެ ފުރަތަމަ ފުރަތަމަ ދުވަސް، އަދި ފިތްރު އީދު ދުވަހަކަށް ވެގެންދާނީ މެއި މަހުގެ 13 ވަނަ ދުވަހަށެވެ.