ads
ރައީސް އޮފީސް
ސަރުކާރު އޮފީސްތައް ބަންދުކޮށް، މުވައްޒަފުން ގެއިން މަސައްކަތް ކުރާ ގޮތަށް ނިންމައިފި
ސަރުކާރު އޮފީސްތައް ބަންދުކޮށް، މުވައްޒަފުން ގެއިން މަސައްކަތް ކުރާ ގޮތަށް ރައީސް އޮފީހުން ނިންމައިފިއެވެ.

މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ، މިފިޔަވަޅުތައް އަޅާން ނިންމީ މެއި ފަހަކުން ފެށިގެން މެއި 15 އަށް ކަމަށެވެ. 

"ސަރުކާރު އޮފީސްތައް މި 10 ދުވަހުގެ ތެރޭ ބަންދު ކުރެވޭނެ. ގޭގައި ތިބެގެން ކުރެވޭ ހުރިހާ މަސައްކަތެއް އެގޮތަށް ކުރުމަށް، ސަރުކާރުން މިވަނީ ރާވާފަ. ސަރުކާރު ހުރިހާ އޮފީހެއް އެހެންވީމަ މި 10 ދުވަހުގެ ތެރޭބަންދު ކުރެވިފަ ހުންނާނީ." މަބުރޫކު ވިދާޅުވިއެވެ.

އެގޮތުން މި މުއްދަތުގައި ސަރުކާރު އޮފީސްތަކުން ދޭ ހިދުމަތްތައް އަލުން އޮންލައިން ކުރެވިގެން ދާނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ. 

މީގެ އިތުރުން، މި 10 ދުވަހަށް ފަހު އިތުރު އެސަސްމަންޓުތަކެއް ހަދާނެ ކަމަށާއި، މިފިޔަވަޅު އުވާލުމަށް ނުވަތަ އިތުރަށް ދަންމަން ނިންމާނީ އެ އެސަސްމަންޓަށް ފަހު ކަމަށް މަބްރޫކު ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު އަނެއްކާވެސް ގޯސްވާން ފަށާފައިވާއިރު، ބަލި ކޮންޓްރޯލް ކުރުމަށް ސަރުކާރުން މިރޭ ވަނީ އިތުރު ފިޔަވަޅުތަކެއް އަޅާފައެވެ.

20%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް