ޝިޔާ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ އޭނާ ސެލިންކޯ ކުންފުނީގައި މަސައްކަތް ކުރިއިރު އޭނާއަށް ވަނީ ޖިންސީ ފުރައްސާރައާ ކުރިމަތިލާން ޖެހިފައި ކަމަށެވެ.
އޭނާ އެތާނގައި މަސައްކަތް ކުރިއިރު އޭނާއަށް ޖިންސީ ފުރައްސާރައާ ކުރިމަތިވާތީ އެކަނި އޮފީހުގައި ވެސް ނީދެވޭ ކަމަށް ޝިޔާ ބުނެފައި ވެއެވެ.
އޭނާއަށް އެތަނުން ޖިންސީ ފުރައްސާރަ ކޮށްފައިވަނީ ކާކުކަމެއް ޝިއާ ހާމަކޮށްފައެއް ނުވެއެވެ. ޝިއާ ބުނެފައި ވަނީ އޭނާއަށް މެންދުރު ކާންދިއުމަށް އަބަދު ދައުވަތު ދޭކަމަށާއި އޭނާއަށް އެޕާޓްމެންޓްސް ހަދިޔާ ކުރާނެ ކަމަށް ވެސް ބުނެފައިވާ ކަމަށެވެ.
ރާއްޖޭގައި ވަޒީފާ މާހައުލުގައި ޖިންސީ ގޯނާ އަދި ޖިންސީ ފުރައްސާރައާ ދިމާވާ ކަމުގެ ޝަކުވާތަކަކީ ގިނަ ކަނބަލުން ދައްކާ ވާހަކަ އެކެވެ. ނަމަވެސް އެކަމަށް ހަރުދަނާ ފިޔަވަޅެއް އަޅާފައި ނުވާ ކަމަކީ ހިތާމަ ހުރި ކަމެކެވެ.