އޭނާގެ ހެދުން އެޅުމުގެ ސްޓައިލްއާ މޭކަޕް ކުރާ ގޮތަކީ އަންހެން ކުދިންގެ ހިތް ކަތިލާ ސްޓައިލް އެކެވެ. އޭނާ ވަރަށް ގިނައިން ކަޅު ކުލައިގެ ހެދުން ލައިގެން ގޮތިކް މޭކަޕް ކުރެ އެވެ.
އެ ގޮތަށް ޖަންކުކް މޭކަޕް ކުރުމުން އޭނާ ވައްތަރީ ވެމްޕަޔާއަކާއި ކަމަށް ގިނަ ބަޔަކު ބުނެ އެވެ.
ބީޓީއެސްގެ ލަވަކިއުންތެރިއާ ޖަންކުކަކީ ބެލުންވެރިނަށް ވަރަށް މަގުބޫލު ތަރި އެކެވެ. އޭނާ އަށް 23 އަހަރު ފުރިފައި ވާއިރު ޖަންކުކް ވަނީ ގިނަ ކާމިޔާބީތަކެއް ލަވަކިޔުމުގެ ދާއިރާއިން ހޯދާފަ އެވެ.