ads
ސޯޝަލް ސެންޓަރުގައި ވެކްސިން ޖެހުމަށް މީހުން އެއްވެއުޅެނީ
މިއަދު 5،905 މީހުން ދެވަނަ ޑޯޒް ޖަހައިފި
މުޅި ރާއްޖެއިން މިއަދު 5،905 މީހުން ވަނީ ކޮވިޑް-19 އާ ދެކޮޅަށް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ.

އެޗްޕީއޭއިން އާންމުކޮށްްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި، ގްރޭޓާ މާލެ ހިސާބުން 2،221 މީހުންނާއެކު އަތޮޅުތަކުން 3،684 މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ. 

އަދި އެއާއެކު، މިއަދުގައި ގްރޭޓާ މާލެ ހިސާބުން 383 މީހުންނާއެކު އަތޮޅު ތެރެއިން 295 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިކަމަށް އެޗްޕީއޭގެ ހިސާބުތަކުން ދައްކައެވެ.

މިވީގޮތުން، މިއަދުގައި 5،905 މީހުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމާއެކު، 678 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. 

ޖުމުލަ 108،494 މީހުންވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ. އަދި 297،639 މީހުން ވަނީ ފުރަތަމަ ޑޯޒް ޖަހާފައެވެ.

ހަ ސެންޓަރެއްގައި ދޭނީ ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ކަމުގައި އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ދޭނީ ޓްރީޓޮޕް ހޮސްޕިޓަލުގައެވެ. އެ ހޮސްޕިޓަލްގައި ވެކްސިން ދޭނީވެސް ރޭގަނޑު 9 އިން 11 އަށެވެ.

ކޮވިޝީލީޑް ވެކްސިންގެ ދެވަނަ ޑޯޒް ދޭނީ ސޯޝަލް ސެންޓަރާއި ނެޝަނަލް އާޓް ގެލަރީ އާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރު އާއި ވިލިމާލެ ޒުވާނުންގެ މަރުކަޒު އަދި ސެނެހިޔާގައި ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.

ވެކްސިން ޖެހުމަށްޓަކައި ގިނަ އަދަދެއްގެ މީހުން އޮންނަނީ ވެކްސިން ޖަހަމުންދާ މަރުކަޒުތައް ވަށައި ކިއުގައި މަޑުކުރަން ޖެހިފައެވެ. މީގެ ސަބަބުން ބައެއް ހަމަނުޖެހުންތައް ވެސް ވަނީ ހިނގާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް