ads
މ.މުލަކު
ރޯދަ ރަށުންރަށަށް: މުލަކުގަ އައްސިއްޔޯއިން ރޯދަ ވީއްލުން
ރަމަޞާން މަހަކީ ރާއްޖޭގެ އެކި ރަށްރަށުގައި ތަފާތު އެކިކަންކަން ކުރާ މައްސަރެކެވެ. އަޅުކަން ކުރުމުގެ އިތުރުން ތަފާތު ކާނާ ތަކާއި އެކި ކުޅިވަރުތަށް ރަށްރަށުގައި ކުޅެއުޅެ އެވެ.

އެގޮތުން މ.އަތޮޅު މުލަކުގައި ރޯދަ ވިއްލާ ގަޑީގައި އެރަށު މީހުން ކައި އުޅެނީ ތަފާތު ކާނާ އެކެވެ.

މުލަކު ކައުންސިލްގެ ރައީސް މުހައްމަދު އިބްރާހީމް ސީއެންއެމަށް ވިދާޅުވީ ރަށުގައި އެންމެ ކުރީ ޒަމާނުށްސުރެ ރޯދަވިއްލާ ގަޑީގައި ގިނަ ބަޔަކު "އައްސިއްޔޯ" ކައި އުޅޭ ކަމަށެވެ. "އައްސިއްޔޯ" އަކީ ފިހުނު މަސް، ކާށި، އަދި ކިހާކުން ތައްޔާރު ކުރާ ކާ އެއްޗެއް ކަމަށް ވެސް އިބްރާހިމް ވިދާޅުވި އެވެ.

އިބްރާހިމް ވިދާޅުވީ އައްސިއްޔޯ ކެއުމުން ރޯދަ ވިއްލާ ގަޑީގައި ހެދިކާ ކައިގެން ވާ ވަރު ބަލިކަން އިހުސާސް ނުކުރެވޭ ކަމަށް ގިނަ ބަޔަކު ބުނެ އުޅޭ ކަމަށެވެ. 

މީގެ އިތުރުން އެރަށުގައި ރޯދަ ވިއްލާ ގަޑިއަށް ކޮންމެ ގެއަކުވެސް އަބަދުވެސް މަސް ފިހާ ކަމަށް އިބްރާހިމް ވިދާޅުވި އެވެ. އެއީ އަބަދުވެސް އެރަށުގައި އޮންނަ އާދައެއްކަމަަށް ވެސް އިބްރާހިމް ވިދާޅުވި އެވެ.

މުލަކުގައި ރޯދަމަސް ކުރީގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރާކަމަށް ވެސް އިބްރާހިމް ވިދާޅުވި އެވެ. އެގޮތުން ދަންވަރު ހާރުކާން ރައްޔިތުންނަށް ގޮވުމަށް ރަށުގައި ބެރު ޖަހާ ކަމަށް ވެސް އިބްރާހިމް ވިދާޅުވި އެވެ.

އެރަށުގައި ކުރީގެ އާދަތަކުގެ ތެރެއިން މިހާރު ދެމިއޮތީ ހަމައެކަނި އައްސިއްޔޯ ކެއުން ކަމަށާއި އެހެންކަންތަށް މިހާރު ރަށުގައި ނުކުރާ ކަމަށް ވެސް އިބްރާހިމް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް