ބޭނުންވާ ތަކެތި:
ހަދާނެ ގޮތް:
1 އިންޗީގެ ގޮޅި ތަކަކަށް ވާގޮތަށް ކުކުޅު ކޮށާލާފަ ލޮނު، އަސޭމިރުސް، ކޯންފްލާ، ގޮދަން ފުށް، ސޯޔާ ސޯސް، އިނގުރު، ލޮނުމެދު އަދި ބިސް ބޯތަށްޓަކަށް އަޅާ ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ. ދެން މަތި ޖަހާފައި ބައިގަޑިއިރެއް ހާއިރު މެރިނޭޓް ކުރަން ބަހައްޓާށެވެ.
ދެން ބޯތަށްޓެއްގައި ޗިލީ ސޯސް، ޓޮމާޓޯ ސޯސް، ސޯޔާ ސޯސް އަދި ލުނބޯ ހުތް ރަނގަޅަށް އެއްކޮށްލާފައި އިހަށް ބަހައްޓާށެވެ.
ކުކުޅު މެރިނޭޓް ވުމުން ކުކުޅުތައް ތެލުލުމަށްޓަކައި ތެޔޮކޮޅު ތެއްޔަކަށް އަޅައި ހޫނު ކުރާށެވެ. ކުކުޅު ރަނގަޅަށް ތެލު ލެވުނު ކަމަށް ބަލާނީ ކުކުޅު ތަކަށް ރަތްކަހަލަ ކުލައެއް އަރައި އެ ކޮންމެވެސް ވަރަކަށް މުރަނަ ވީމައެވެ. ތެލުލެވުނީމަ ތެލުން ނަގައި ދަގަނޑު ފުރޭންޏެއްގެ ތެރޭގައި އިރުކޮޅަކު ބަހައްޓާލާފައި ދެން ޓިޝޫ މަތީގައި އަތުރާށެވެ.
ހުރިހާ ކުކުޅެއް ތެލުލެވުމުން އެހެން ތެއްޔަކަށް ޗިލީޗިކަން ކައްކަން ހުރި ތެޔޮ ކޮޅު އަޅާފައި ހޫނު ކޮށްލާށެވެ. ދެން އޭގެ ތެރެއަށް ޗަސްކުރި ލޮނުމެދާއި އިނގުރު، ތޮޅިމިރުސް އަދި ހިކި މިރުސް އަޅާފައި ލޮނުމެދުތަކަށް ރަން ކުލަ އަރާލަންދެން އެއްކުރަމުން ކައްކާށެވެ.
ދެން ފިޔާ އަދި ބެލް ޕެޕާ ތެއްޔަށް އަޅާފައި ފިޔާކޮޅު މަޑުވެލަންދެން ކައްކާލާށެވެ. އެޔަށްފަހު ކުކުޅު ކޮޅު އަޅާފައި އެއްކުރަމުން މިނިޓެއް ހާއިރު ކައްކާށެވެ. ދެން ކުރިން އެއްކުރި ސޯސްތައް ތެލީގެ ތެރެއަށް އޮއްސާލާފައި ރަނގަޅަށް އެއްކޮށްލާށެވެ. ގިނި މަޑު ކޮށްލާފައި މިނިޓެއްވަރު ކެކިލަން ބަހައްޓާށެވެ. ކެކުމުން ދާއިރު ފެނާއި ކޯންފްލާ ކުޑަ ބޯތަށްޓެއްގައި އެއްކޮށްލުމަށްފަހު ކޯންފްލާ އެތި ތެލީގެ ތެރެއަށް އޮއްސާލާފައި އެއްކޮށްލާށެވެ. ބައި މިނިޓެއްހާއިރު ކައްކާލުމުން ޗިލީ ޗިކަން ތައްޔާރުކުރެވުނީއެވެ.