މިއަދު ހެނދުނު ހިނގި މި ހާދިސާއާއި ގުޅޭ ގޮތުން އެމްއެންޑީއެފުން ވިދާޅުވީ ހެނދުނު 10:04 ހާއިރު ރިޕޯޓް ކުރި މި ހާދިސާގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލު ކުރެވިފައިވާކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ހާދިސާ ހިނގި އިމާރާތަށާއި އެތަނުގައި ހުރި ސާމާނަށް ވަނީ އެކިވަރުގެ ގެއްލުން ލިބިފައެވެ.