ads
ޑރ. މުހައްމަދު އިޔާޒް
ބަލި ބޮޑުވީމަ އަޅާ ބޭސްގަނޑަކަށް މިސްކިތުގެ ސަފު ނުހައްދަވާ: ޑރ. އިޔާޒް
ބަލި ބޮޑުވީމަ އަޅާ ބޭސް ގަނޑަކަށް މިސްކިތުގެ ސަފާއި ކުޅުން ނުހެއްދެވުމަށް ޑރ. މުހައްމަދު އިޔާޒް ގޮވާލައްވައިފި އެވެ.
Advertisement

އިޔާޒް މިހެން ވިދާޅުވެފައިވަނީ ރޭ އެޗްޕީއޭއިން ނެރުނު އާ ގައިޑްލައިންތަކަށް ރައްދުދެއްވާ މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި އިޔާޒް ވަނީ ބިރަކާ ނުލާ މަޖާ ކުރަން ރަށް ރަށަށް ގޮސް، މުޑުދާރު ވައްތަރުތައް ޖައްސާފައި، ބަލި ބޮޑުވީމަ އަޅާ ބޭސްގަނޑަކަށް މިސްކިތުގެ ސަފާއި ކުޅުން ނުހެއްދެވުމަށް ގޮވާލައްވާފައެވެ. 

ރާއްޖޭގައި ހިފެހެއްޓުމެއް ނެތި ކޮވިޑް ޖެހޭ މީހުންގެ އަދަދު މަތިންވަމުން ދިއުމާއި ގުޅިގެން ރޭ، އެޗްޕީއޭއިން ނެރުނު އާ ގަވާއިދު ބުނާ ގޮތުން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ނަމާދު ކުރާއިރު މާސްކު އެޅުން މަޖުބޫރު ވާނެއެވެ. އަދި ހަމައެހެންމެ މިސްކިތުގައި ނަމާދަށް ސަފު ހަދަންވާނީ ގައިދުރުކަން ބަހައްޓައިގެންނެވެ. އެޗްޕީއޭއިން ނެރުނު އާ ގައިޑްލައިނަށް ގިނަ ބައެއްގެ ފާޑުކިއުން ދަނީ އަމާޒުވަމުންނެވެ. 

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ކޮންމެ ދުވަހަކު ވެސް އިތުރުވަމުން ދާއިރު އިއްޔެ އެކަނިވެސް 585 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ. މިއީ ރާއްޖެއިން ބަލި ފެނުނު ފަހުން ދުވާލެއްގެ މައްޗަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި އަދަދެވެ. 

0%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
80%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް