ads
އިންޑިޔާގެ ދޯނީ އަދި ވިރާތް ކޯލީ އައިޕީއެލް މެޗެއްގައި
ކޮވިޑާ ހެދި އައިޕީއެލް މެދު ކަނޑާލައިފި
އިންޑިޔާގައި މިހާރު ފެށިގެން ކުރިއަށްދާ، ދުނިޔޭގެ އެންމެ އަގުބޮޑު ކްރިކެޓް މުބާރާތް ކަމަށްވާ އިންޑިއަން ޕްރިމިއަރ ލީގު- އައިޕީއެލްގެ ސާދަވަނަ މުބާރާތުގެ މެދު ތެރެއިން ކުއްލި ގޮތަކަށް މުބާރާތް މެދު ކަނޑާލައިފިއެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް އެންމެ މަތީ ފެންވަރަކަށް އަޅާފައިވާ އައިޕީއެލް މެދު ކަނޑާލީ ކޮވިޑުގެ ހާލަތު ގޯސްވެ، ބައެއް ކުޅުންތެރިން ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ކުޅިވަރު އިވެންޓްތަކުގެ ތެރޭގައިވެސް ހިމެނޭ އައިޕީއެމް މިއަދު ކުއްލިއަށް މެދު ކަނޑާލައިރު، މުބާރާތުގައި އިއްޔެ ކުޅެން އޮތް މެޗުވެސްވަނީ ދެ ކުޅުންތެރިއަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ކެންސަލްކޮށްފައެވެ. އިއްޔެ ކުޅެން އޮތް މެޗަކީ ކޮލްކަތާ ނައިޓް ރައިޑަރސްއާ ރޯޔަލް ޗެލެންޖަރސް ބެންގަލޯރގެ މެޗެވެ.

މުބާރާތުގެ ކުޅުން މިއަދު މެދު ކަނޑާލައިރު މުބާރާތުގައި ކުޅެން ޖެހޭ ފަސްފޮޅަސް މެޗުގެ ތެރެއިން އޮނަތިރީސް މެޗުގެ ކުޅުންވަނީ ނިމިފައެވެ. ކުއްލި ގޮތަކަށް މިއަދު ކުޅުން މެދު ކަނޑާލިއިރު ދެން ކުޅުން އަލުން ފަށާނެ އިރެއް ނުވެސް އެނގެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ކައިރި މުސްތަގުބަލެއްގައި ކުޅުން އަލުން ފެށުމުގެ ފުރުސަތު ކުޑައެވެ. އެހެންނަމަވެސް މުބާރާތް ކެންސަލް ކުރާނެ ކަމަކަށް ނުބެލެވެއެވެ.

އައިޕީއެލްގެ މި އަހަރުގެ މުބާރާތް އިންޑިޔާގައި މި ބާއްވަނީ، މިދިޔަ އަހަރު އިންޑިޔާގައި މުބާރާތް ބާއްވަން އެތައް މަސައްކަތެއް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވުމުން ޔުނައިޓެޑް އަރަބި އެމިރޭޓްސްގައި ބޭއްވުމަށް ފަހުއެވެ. މި ދިޔަ އަހަރުވެސް އިންޑިޔާގައި މުބާރާތް ނުބޭއްވުނީ ކޮވިޑުގެ ނުރައްކަލާ ހުރެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް