
އެގޮތުން މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން 15ގެ ނިޔަލަށް ބީއެމްއެލް ހުޅުވާނީ ހެނދުނު 09:30 އިން 12:00 އަށެވެ.
އަދި ކޮންމެހެން ބޭނުންވާ ސާވިސްތަކަށް އިންޓަނޭޝަނަލް ޓްރާންސްފާ އަދި ބީއެމްއެލް ޗެކް މިގަޑިތަކުގައި ޕްރޮސެސް ކޮށްދޭނެއެވެ. އެގޮތުން ހުކުރު، ހޮނިހިރު ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 11:00ގެ ކުރިން ލިބޭ ރިކުއެސްޓުތަކާ ޗެކް ޑިޕޮސިޓްތައް ޕްރޮސެސް ކުރާނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.
ހަމައެހެންމެ މާލެ ސިޓީއިން ހިދުމަތް ހޯދުމަށް ކިއުބީ އެޕްލިކޭޝަނުން އޮންލައިންކޮށް ޓޯކަން ނަންބަރު ނެގޭނެ ކަމަށާ އައުމުގެ ކުރިން ވެއިޓިން ލިސްޓު ބަލައި، ނަންބަރު ވީހާވެސް ކައިރިވުމުން އައުމަށް ބީއެމްއެލްއިން ވަނީ އެދިފައެވެ. މީގެ ސަބަބުން އެޗްޕީއޭގެ ގައިޑްލައިންތަކަށް ފެތޭގޮތަށް ހިދުމަތްތައް ދެވިގެންދާނެއެވެ.
އަދި އެކައުންޓް އޯޕެނިން ސެންޓަރާ، ލޯން އެންޑް ބިޒްނަސް ސެންޓަރުތަކުން ހިދުމަތް ލިބޭނީ ކުރިއަށް އެޕޮއިންޓްމެންޓް ހައްދައިގެން ކަމަށާ، ބީއެމްއެލްގެ ވެބްސައިޓުން އެޕޮއިންޓްމެންޓް ހެއްދެން ހުންނާނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.