ads
ނައިބު ރައީސް ފައިސަލް ނަސީމް--
ކޮވިޑް ކޮންޓްރޯލް ކުރުމަށް ފަރުދީ ޒިންމާ އަދާކުރައްވާ: ނައިބު ރައީސް
ރާއްޖޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް ބަލި ކޮންޓްރޯލް ކުރުމަށް ކޮންމެ ރައްޔިތަކުވެސް ފަރުދީ ޒިންމާ އަދާކުރުމަށް ނައިބް ރައީސް ފައިސަލް ނަސީމް އިލްތިމާސް ކުރައްވައިފި އެވެ.

ނައިބު ރައީސް މިރޭ ކުރެއްވި ޓުވީޓެއްގައި ބުނެފައި ވަނީ ކޮވިޑް ޖެހޭ މީހުންގެ އަދަދުތައް އިންތިހާއަށް މައްޗަށް ގޮސްފައިވާ ކަމަށެވެ. އަދި މިހާލަތުގައި އެންމެހާ ރައްޔިތުން ބަލިން ރައްކާތެރިވުމަށް ސަމާލުކަންދިނުމަށް  ނައިބް ރައީސް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

ނައިބު ރައީސް ފައިސަލް ވިދާޅުވީ އެންމެންގެ ރައްކަލަށްޓަކައި ސިއްހީ މާހިރުންގެ އިރުޝާދުތަކާއި އެއްގޮތަށް އަމަލުކުރުން މުހިންމު ކަމަށެވެ. އަދި ކޮންމެ ރައްޔިތަކުވެސް އަމިއްލަ ފަރުދީ ޒިންމާ އަދާ ކުރުމަށް ނައިބް ރައީސް ވަނީ ގޮވާލާފަ އެވެ.

ނައިބް ރައްޔިތުންނަށް ރައްކާވެ ތިބުމަށް އިލްތިޒާމު ކުރައްވާފައި ވާއިރު އިއްޔެ ވެސް ރާއްޖެ އިން ވަނީ ރިކޯށް އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެޗްޕީއޭއިން ބުނެފައި ވަނީ އިއްޔެ 585 މީހުން ރާއްޖެއިން އަލަށް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ކޭސްތަށް ރިކޯޑް އަދަދަކަށް އަރާފައިވާއިރު މާލެ ސަރަހައްދުގައި މިހާރު ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. އެގޮތުން ރޭގަނޑު 12 އިން ފަތިހު ހަތަރަކަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުމާއި، ޕާކުތަކާއި މައިޒާންތައް ބަންދުކޮށް، ކުޅިވަރު ހަރަކާތްތަކާއި މުބާރާތްތައް ބޭއްވުން މަނާކުރުމާއި ކިންޑަގާޑަންއިން ފެށިގެން ގްރޭޑް 12 އާ ހަމައަށް ކިޔެވުން އޮންލައިންކޮށް ކުރިއަށްގެން ދިއުމުގެ އިތުރުން މިސްކިތް ތަކުގައި ގައިދުރުކަން ބެހެއްޓުމާއި މާސް އެޅުން ވަނީ މަޖްބޫރު ކޮށްފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް