ads
ކޮވިޑް 19
އިތުރު 601 މީޙަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ
ރާާއްޖެއިން އިތުރު 601 މީޙަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭގެ އެންމެފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއިން ފާއިތުވި 24 ގަޑިއިރުތެރޭ 4،552 ސާމްޕަލެއް ޓެސްޓުކުރެވިފައިވާއިރު 601 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މިއަދު މާލެ އޭރިއާއިން 440 މީހުން ޕޮޒިޓިވްވެފައިވާއިރު އަތޮޅުތެރެއިން 141 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އަދި ރިސޯޓްތަކުން 19 މީހަކު ޕޮޒިޓިވްވެފައިވާއިރު ސިނާއީ ރަށްތަކުން 11 މީހަކާއެކު ޖުމްލަ 601 މީހަކު މިއަދު ޕޮޒިޓިވްވެފައިވެއެވެ. 

އަދި ހޮސްޕިޓަލްތަކުގައި 181 މީހަކަށް ފަރުވާދެމުން އަންނައިރު 6 މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދެއެވެ.

ރާއްޖެއިން މިހާތަނަށް 31،931 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 6،508 ގައެވެ. ބަލިން ރަނގަޅުވި މީހުންގެ އަދަދު އުޅެނީ 25،340 ގައެވެ.

ރާއްޖެއިން މިހާތަނަށް 74 މީހުން މިބަލީގައި މަރުވެފައިވެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް