މިއަދު ޕޮޒިޓިވްވި މީހުންނާއެކު އެ ރަށުން ޖުމްލަ ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ މިހާރު 43 ކަށް އަރާފައެވެ.
ފީއަލިން އެންމެ ފުރަތަމަ ކަރަންޓީނުގައި ނެތް ހަތަރު މީހަކު ޕޮޒިޓިވްވީ މިމަހުގެ ދެ ވަނަ ދުވަހު އެވެ.
ފީއަލީގައި ކޮމިއުނިޓީ ސްޕްރެޑްއެއް އޮތް ކަމަށް ބެލެވެން ވަނީ ފަށާފައެވެ. އެޗްޕީއޭއިން މިހާރު ފީއަލީގައި ކޮމިޓަރިންގެ ހާލާތު އިއުލާންކޮށްފައިވާއިރު އެ ރަށުގައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވެސް ވަރުގަދަކޮށްފައެވެ.