ads
ވަޒީރުކަމާ ޝައުނާ ހަވާލުވެވަޑައިގަންނަވަނީ--ފޮޓޯ: ރައީސް އޮފީސް
މިނިސްޓްރީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ އުވާލައިފި
މިނިސްޓްރީ އޮފް ސައިންސް، ޓެކްނޮލޮޖީ އެންޑް ކޮމިއުނިކޭޝަން އުވާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ނިންމަވައިފި އެވެ.

ރައީސް ކެބިނެޓަށް ގެންނަވާ ބަދަލުތަކުގެ ތެރޭގައި އެމަނަކިފާނު ވަނީ ޓެކްނޮލޮޖީ މިނިސްޓްރީ އުވާލައި އެ މިނިސްޓްރީގެ ޒިންމާތައް އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށަށް ގެނައުމަށް ނިންމަވާފައެވެ. މި ބަދަލާއިއެކު އެންވަޔަރަމަންޓް މިނިސްޓްރީގެ ނަން ވަނީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ސައިންސްއަށް ބަދަލު ކުރައްވާފައެވެ.

މިއަދު މި ގެންނެވި ބަދަލާއި އެކު ކުރިން އެންވަޔަރަމަންޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. ހުސެއިން ހަވާލުވެވާޑައިގަންނަވާނީ ފިޝަރީޒް މިނިސްޓްރީ އާ އެވެ. އަދި ކުރިން ރައީސް އޮފީހުގެ ސެކެޓްރީ، ޕޮލިސީގެ މަގާމުގައި ހުންނެވި އައިޝަތު ޝައުނާ ހަވާލުވެ ވަޑައިގަންނަވާނީ އެންވަޔަރަމަންޓްއާ އެވެ. 

މިނިސްޓަ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމުގައި ހުރި މަލީހު ޖަމާލުގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކޮށް، އޭނާ މަގާމުން ވަކިކުރި ހިސާބުން އެ މިނިސްޓްރީއަށް އިތުރު ބޭފުޅަކު އައްޔަން ކުރައްވާފައެއް ނުވެއެވެ. އަދި އެމިނިސްޓްރީގެ ކަންކަން ވަގުތީ ގޮތުން ބައްލަވަމުން ގެންދެވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް