ކުރިން އެންޑީއޭ ހިންގަމުން އައީ ޖެންޑާ މިނިސްޓްރީގެ ދަށުންނެވެ. އެތަން ހިންގާ ގޮތާއި މެދު ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް އަމާޒުވެ، އެ މައްސަލާގައި ޒުވާނުންތަކެއް މުޒާހަރާ ވެސް ކުރިއެވެ.
ނޭޝަނަލް ޑްރަގް އެޖެންސީގެ ހިންގުމަށް ރައީސް ބަދަލު ގެއްނަވާފައިވާކަން އިއުލާން ކުރެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވީ މިއީ ސަރުކާރުގެ ވައުދުތައް ފުއްދުމަށާއި ރައްޔިތުންނަށް ދެވޭ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ގެނެވޭ ބަދަލުތަކެއް ކަމަށެވެ.
އެންޑީއޭގެ އިތުރުން މިއަދު ވަނީ ދެ މިނިސްޓްރީ ތިން ވެސް ބަދަލު ގެނެސްފައެވެ. އެއީ ޓެކްނޮލޮޖީ މިނިސްޓްރީ އާއި އެންވަޔަރަމަންޓް މިނިސްޓްރީގެ އިތުރުން ފިޝަރީޒް މިނިސްޓްރީ އެވެ.