ads
ޑރ. ޖަމީލް ---
ކެބިނެޓަށް އާ ވިސްނުމެއް ނުގެނެވުނު: ޖަމީލް
ކެބިނެޓަށް އާ ވިސްނުމެއް ނުގެނެވުނު ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވެފައިވަނީ، މިއަދު ކެބިނެޓަށް ގެނެވުނު ބަދަލުތަކާއި ގުޅިގެންނެވެ. 

އެގޮތުން ރައީށް އޮފީހުގެ ސެކެޓެރީ، ޕޮލިސީ މަގާމުގައި ހުންނެވި އައިޝަތު ޝައުނާ ވަނީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ މަގާމަށް މިއަދު އައްޔަން ކުރައްވާފައެވެ. އަދި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ މަގާމުގައި ހުންނެވި ޑރ. ހުސެއިން ރަޝީދު ހަސަން ވަނީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރައިން އެންޑް އެގްރިކަލްޗާގެ މިނިސްޓަރުގެ މަގާމަށް އައްޔަން ކުރައްވާފައެވެ.

މި ބަދަލުތަކާއި ގުޅިގެން ޑރ. ޖަމީލް ވިދާޅުވީ، މި ބަދަލުތަކާއެކުވެސް ކެބިނެޓަށް އާ ވިސްނުމެއް ނުގެނެވުން ކަމަށެވެ.

އެގޮތުން ތާސްބައި އެހެން ގޮތަކަށް އަތުރާލި އިރުވެސް ފެނިގެން ދަނީ ވުޒާރާތައް އުފައްދާ، ވުޒާރާތައް އުވާލަނީ އެއްވެސް ސިޔާސަތެއް އޮވެގެން ނޫންކަން ކަމަށް ޖަމީލް ވިދާޅުވިއެވެ.   

މި ފެނުނީ އިގުތިސާދަށް އަންނާނެކަމަށް ވިދާޅުވި 'ބޫމް' އަދި އިންޓަނެޓުގެ އަގަށް ގެންނަ ބަދަލު ތޯ ޖަމީލް ސުވާލު ކުރައްވާފައިވެއެވެ. 

ކެބިނެޓަށް މިއަދު ގެނައި މި ބަދަލުތަކުގެ އިތުރުންވެސް، މިއަދު ވަނީ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އުވާލާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް